އީދަށް ޒީނަތްތެރި ކުރުމުގެ ގޮތުން ސިޓީ ކައުންސިލުގެ މުވައްޒަފުން ވިލިމާލޭގައި ނިވިދިއްލޭ ބޮކި ހަރުކުރަނީ. (ފޮޓޯ/ ސިޓީ ކައުންސިލް)

އީދު

ެީއީދަށް ޒީނަތްތެރި ކުރަން މާލޭ މަގުތަކުގައި ނިވިދިއްލޭ ބޮކިލާން ފަށައިފި

މާލެ އާއި ވިލިމާލޭގެ ބައެއް ސަރަހައްދުތަކުގައި މިހާރު ވަނީ ނިވިދިއްލޭ ބޮކި ހަރުކޮށްފައި
3 އޭޕްރީލު 2024

ފިތުރު އީދަށް މާލޭގެ މަގުތަށް ޒީނަތްތެރި ކުރުމުގެ ގޮތުން މަގުތަކުގައި ނިވިދިއްލޭ ބޮކި ހަރުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ޝައްވާލް މަހުގެ ހަނދު ފެނިއްްޖެ ނަމަ މި އަހަރުގެ ފިތުރު އީދު ދުވަހަކަށް ވާނީ އަންނަ ބުދަދުވަހެވެ.

އެދުވަހަށް ތައްޔާރުވާން މާލޭގެ މަގުތައް ޒީނަތްތެރި ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތައް ސިޓީ ކައުންސިލުން ދަނީ ސޯޝަލް މީޑިއާގައި ޕޯސްޓު ކުރަމުންނެވެ.

އީދަށް ހާއްސަކޮށް ކުލަ ބޮކި ލުމާއި މަގުމަތީގައި ގިޑިގެ ހެދުމުގެ މަސައްކަތުގެ އިތުރުން އީދަށް ހާއްސަކޮށް ބާއްވާ ހަރަކާތްތަކުގައި ވެސް ސިޓީ ކައުންސިލުން ބައިވެރިވެ އެވެ. އެގޮތުން:

  • ވިލިމާލޭގެ މަގުތަކުގައި ވެސް މިއަދު ބޮކި ހަރުކުރުމުގެ މަސައްކަތް ކޮށްފައިވޭ

  • ސިޓީ ކައުންސިލަކީ 'މަގޭ އީދު'ގެ ނަމުގައި ސާދަ އެންޓަޓެއިންމެންޓް އިން ބާއްވަން ތައްޔާރުވަމުން އަންނަ އީދު ފެސްޓިވަލްގެ ޕާޓްނަރެއް

ފާހަގަކޮށްލެވޭ - އީދަށް ވަމުން އަންނަ ތައްޔާރީތަކާ އެކު ސިޓީ ކައުންސިލުން އަދިވެސް ގެންދަނީ ކޮންމެ ރެއަކު މާލެ ސަރަހައްދުގެ އެކި ހިސާބުތައް ސާފުކޮށް ކުނި ނެގުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. މަގުތަކުގެ އިތުރުން ބަނދަރާއި ކަނޑުތޮށި ކައިރިއަށް އެެއްވެފައިވާ ކުނިތައް ވެސް ކައުންސިލުން ދަނީ ނަގަމުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް