މާލޭ ސަރަހައްދުގައި ރޯދަ ހަދިޔާ ދޫކުރުން ކުރިއަށްދަނީ (ފޮޓޯ/މާލެ ސިޓީ ކައުންސިލް)

ރޯދަ 2024

ރޯދަ މަސް ނިމެންދެން އެސްޓީއޯގެ ކާޑު ގުދަނުން ރޯދަ ހަދިޔާ ދޫކުރާނެ

މާދަމާއިން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކާޑު ގުދަނުން އެ ތަކެތި ދޫކުރާނެ

ރޯދަމަހަށް ހާއްސަކޮށް ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާކުރާ ހަނޑުލާއި ފުށް، މާލެ ސަރަހައްދުން ނުގެންދާ މީހުންނަށް އެސްޓީއޯ ކާޑު ގުދަނުން އެ ތަކެތި ދޫކުރަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެސްޓީއޯ އިން ބުނީ މާދަމާ އިން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކާޑު ގުދަނުން އެ ތަކެތި ދޫކުރާނެ ކަމަށެވެ. ހުކުރު ދުވަހު ކާޑު ދޫނުކުރާނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

ތަފްސީލު - ސަރުކާރުގެ ރޯދަ ހަދިޔާގެ ގޮތުގައި ރައްޔިތުންނަށް ދެނީ 10 ކިލޯގެ ހަނޑޫ އަދި 10 ކިލޯގެ ފުުށެވެ.

  • ކާޑު ދޫކުރާނީ ދިވެހިންނަށް އެކަނި

  • ކާޑު ދޫކުރާނީ ޑޮމެސްޓިކް ކަރަންޓު މީޓަނުގެ ނަންބަރު ބަލާ، ކާޑު ބަލާ ދާ މީހާގެ އައިޑީ ކާޑު ނަންބަރު ނޯޓު ކުރުމަށް ފަހު

  • ކާޑު ދޫކުރާނީ ހެނދުނު 10 އިން މެންދުރު 1 އަށް

މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ބުނީ ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޭ ކާޑުގެ ބާވަތްތައް މާލެ ސަރަހައްދުން 22،000 އަށް ވުރެ ގިނަ މީހުން ގެންގޮސްފައިވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް