މީގެ ކުރިން މާލޭގައި ބޭއްވި ހަވާ އެރުވުމުގެ ހަރަކާތެއްގެ ތެރެއިން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އީދު

ހަވާ އެރުވުމާއި ސްޓޭޖް ޝޯއަކާ އެކު މާލޭގައި ކުލަގަދަކޮށް އީދު ފާހަގަ ކުރަނީ

ފެންކުޅި އާއި ކުލަ ޖެހުން ފަދަ ހަރަކާތްތައް ބޭއްވުމަށް ކައުންސިލުން ވަނީ ނިންމާފައި

ކުލަގަދަ ހަރަކާތްތަކަކާ އެކު މާލޭގައި ފިތުރު އީދު ފާހަގަކުރުމަށް ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ކައުންސިލުން މިއަދު ވަނީ މިފަހަރު އީދު ފާހަގަކުރަން ހަމަޖެހިފައިވާ ގޮތް އެކްސްގައި އާންމުކޮށްފަ އެވެ.

ތަފްސީލު - އެ ޕޯސްޓުގައިވާ ހެނދުނު 9:30 އިން ފެށިގެން ރޭގަނޑު 10 އަށް އެކި ހަރަކާތްތައް ކުރިއަށްގެންދާނެ އެވެ. އެގޮތުން: 

  • ހެނދުނު 9:30 - ފެންކުޅި، ރަސްފަންނުގައި

  • ހަވީރު 4 - ބޮޑުމަސް އަދި މާލި؛ ފެށޭނީ އޮލިމްޕަސް ކުރިމަތިން، ނިމޭނީ އާޓިފިޝަލް ބީޗަށް

  • ރޭގަނޑު 10 - ހަވާ އެރުވުން، އާޓިފިޝަލް ބީޗްގައި

ކަލަންޑަރުގައިވާ ގޮތުން ފިތުރު އީދު ދުވަހަކީ މި މަހުގެ 10 ވާ ބުދަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް