ކުށެއް ކުރި ތަނެއްގައި ފުލުހުން ހަރަކާތްތެރި ވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ކުށްކުރުން

ގުރޫޕަކުން މީހަކު ކިޑްނެޕްކޮށް، މާރާމާރީ ހިންގައި ފޭރިގެންފި

އެ މައްސަލައިގައި ފުލުހުން ވަނީ އުމުރުން 26 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައި

މާލޭގައި ގްރޫޕަކުން މީހަކު ކިޑްނެޕްކޮށް، މާރާމާރީ ހިންގައި އޭނާގެ އަތުން ފޭރިގެންފި އެވެ.

ވީ ކިހިނެއް؟ - މި މައްސަލައިގައި ފުލުހުން އިއްޔެ ވަނީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ.

ތަފްސީލު - މާލެއަށް ނިސްބަތްވާ އެ މީހާގެ ކޯޓު އަމުރުން އެނގޭ ގޮތުގައި، އޭނާ އާއި އިތުރު ބަޔަކު ބައިވެރިވެރިވެގެން މީހަކު ގެޔަކަށް ގެންގޮސް ކިޑްނެޕް ކުރި އެވެ. އަދި އެއަށް ފަހު، މާރާމާރީ ހިންގައި އިތުރު ކުށްތަކެއް ވެސް ކުރި ކަމަށް، ފުލުހުން ބަންދު އަޑުއެހުމުގައި ބުނެފައި ވެ އެވެ.

އޭނާއަށް ކުރާ ތުހުމަތުތަކަކީ:

  • ފޭރުން

  • ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރު ދެއްކުން

  • މާރާމާރީ ހިންގުން

  • ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުން

އެ ތުހުމަތުތައް ކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާކަން ކޯޓު އަމުރުން އެނގެވެ.

މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ހަބީބު އަމުރު ކުރެއްވީ މުޖުތަމައުގެ "ސަލާމަތާއި ރައްކާތެރިކަމަށްޓަކައި" އޭނާ 15 ދުވަސް ބަންދުގައި ބެހެއްޓުމަށެވެ.

މިކަން ހިނގީ ކޮން އިރަކު ކަމެއް ނުވަތަ އެ މީހާގެ އަތުން ފޭރިގަތީ ކޯއްޗެއް ކަމެއް ކޯޓު އަމުރަކުން ނޭނގެ އެވެ.

ކޮމެންޓް (2)

ޕަރަ ޕަރަ

2 އޭޕްރީލު 2024
ތިކަމުގައި ބައިވެރިވި އެންމެންގެ ފޮޓޯ ނޫސްތަކުގައި ޖަހަންޖެހޭނެ.
12 0

ޔާރާ

4 އޭޕްރީލު 2024
@ޕަރަ ޕަރަ ނަން ހާމަކޮއްލަން ނުކެރޭ ބަޔަކަށް ފޮޓޯ ޖަހަން ކެރޭނެތަ🤣
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް