ސްޓެލްކޯ ބިލްޑިންގް (ދައުރު ފޮޓޯ/ މުހައްމަދު އަމާން)
އާއްމު މަސްތަކާ އެއްވަރަށް ރޯދަމަހުގެ ކަރަންޓާއި ފެން ބިލު ކެޕް ކޮށްފި
ރޯދަމަހުގެ ކަރަންޓާއި ފެންބިލު، އާއްމު މަސްތަކެކޭ އެއްވަރަށް ކެޕް ކުރަން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނިންމަވައިފި އެވެ.
ވީ ކިހިނެއް؟ - މިފަހުން ރައީސް މުހައްމަދު މުއިއްޒު ވަނީ، ރޯދަމަހު ކަރަންޓާއި ފެން ބޭނުންކުރާ މިންވަރު އިތުރުވެ، ބިލުތައް ބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އެހެން މަސްތަކެކޭ އެއްވަރެއްގައި ބިލު ކެޕްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޔުޓިލިޓީސް ރެގިއުލޭޓަރީ އޮތޯރިޓީން ރޭ ދަންވަރު ކުރި އިއުލާނެއްގައި ބުނީ، ރައީސް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް، މިމަހުގެ ކަރަންޓާއި ފެނުގެ ހިދުމަތަށް ބިލުކުރާ އިރު ކޮންމެ ޑޮމެސްޓިކް ކަރަންޓް އަދި ފެން މީޓަރަކުން އާންމު މަހަކާ އެއްވަރަށް ބިލްކުރުމަށް ނިންމާފައިވާ ކަމަށެވެ.
ތަފްސީލް - އެ އިއުލާންގައި ބުނީ:
-
އާންމު މަހެއްގައި ކަރަންޓާއި ފެނަށް ހޭދަކުރި އެވުރެޖް މިންވަރު ބަލާފައިވާނީ ފާއިތުވި 2023 އަހަރުގެ ރަމަޟާން މަސް ފަދަ ޑިމާންޑް މަތި މަސްތައް އުނިކުރުމަށް ފަހު
-
މިގޮތުން ޑޮމެސްޓިކް ކަސްޓަމަރަށް ބިލްކުރާ އިރު މި އަހަރުގެ މާޗު މަހުގެ ބިލަށް އަރާ އަދަދާއި ރޯދަ މަހުގެ ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދާއި އާންމު މަހެއްގައި އެ ކަސްޓަމަރަކު ބޭނުންކުރި އެވުރެޖު އަދަދު ބިލުން ފެންނަ ގޮތަށް ހިމަނަން ވާނީ ހުރިހާ އާންމު ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް ވާނީ އަންގާފައި
އެނގުން މުހިންމު - އާންމުން މީސްމީހުން ދިރިއުޅޭ ގޭ ބިސީތަކުގެ ކަރަންޓާއި ފެން ބިލް ނުދެއްކި ގިނަ ދުވަސްވެގެން އަރާފައިވާ ޖޫރިމަނާތައް މާފުކޮށްދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި އެކަމާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުމަށް ކަމާގުޅޭ އިދާރާތަކަށް މިހާރު ވަނީ އަންގައިފަ އެވެ.
ކޮމެންޓް (1)
ޖިހާދު