ސްޓެލްކޯގެ ހަރަދުގައި ހައްޖާއި އުމްރާއަށް ފޮނުވާ މުވައްޒަފުން ހޮވައި، ލިއުން ހަވާލުކުރަނީ (ފޮޓޯ/ސްޓެލްކޯ)

ސްޓެލްކޯ

ސްޓެލްކޯގެ ހަރަދުގައި ހައްޖާއި އުމްރާއަށް ފޮނުވާ މުވައްޒަފުން ހޮވައިފި

މީގެ ކުރިން ކޮންމެ އަހަރަކު ވެސް ހައްޖާއި އުމްރާއަށް ސްޓެލްކޯއިން ފޮނުވީ އަންހެން އަދި ފިރިހެން އެއް މުވައްޒަފު. މިހާރު ޖުމްލަ ހަޔަކަށް ވަނީ ބަދަލުކޮށްފައި

ސްޓެލްކޯގެ ހަރަދުގައި މި އަހަރު ހައްޖާއި އުމްރާއަށް ފޮނުވާ މުވައްޒަފުން ގުރުއަތުން ހޮވައިފި އެވެ.

ވީ ކިހިނެއް؟ - ހައްޖުގެ އަޅުކަން އަދާކުރަން އަންހެން އަދި ފިރިހެން ވަކިން ހުޅުވާލި ފުރުސަތުގައި، ސްޓެލްކޯއިން ބުނީ 116 މުވައްޒަފުން ހުށަހެޅި ކަމަށާއި އޭގެ ތެރެއިން 98 މުވައްޒަފުން ޝަރުތު ހަމަވާ ކަމަށެވެ.

އުމްރާގެ އަޅުކަން އަދާކުރަން ހުށަހެޅި 263 މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވީ 254 މުވައްޒަފުންނެވެ.

ތަފްސީލު - މީގެ ކުރީ އަހަރުތަކުގައި ސްޓެލްކޯއިން ހައްޖު އަދި އުމްރާގެ ފުރުސަތު ދީފައިވަނީ ކޮންމެ ބަޔަކުން ފިރިހެން އަދި އަންހެން އެއް މުވައްޒަފަކަށެވެ. ނަމަވެސް އެކަމާ ގުޅޭ އެ ކުންފުނީގެ ޕޮލިސީއަށް ބަދަލު ގެނެސް، މި އަހަރު ކޮންމެ ބަޔަކުން ފިރިހެން ދެ މުވައްޒަފުންނާއި އަންހެން މުވައްޒަފަކަށް އެ ފުރުސަތު ވަނީ ދީފަ އެވެ.

ސްޓެލްކޯގެ ހަރަދުގައި ހައްޖާއި އުމްރާއަށް ފޮނުވާ މުވައްޒަފުން ގުރުއަތުން ހޮވުން. (ފޮޓޯ/ސްޓެލްކޯ)

އެގޮތުން، މި އަހަރު ގުރުއަތުން ހޮވުނު ފަރާތްތަކަކީ:

ހައްޖުގެ އަޅުކަމަށް:

  • 1-

    އަބްދުﷲ އާމިރު - ހުޅުމާލެ އިންޖީނުގެ

  • 2-

    މުހައްމަދު އާދިލް - ކ. ކާށިދޫ އިންޖީނުގެ

  • 3-

    އައިޝަތު ޝިޒްނާ - ވިލިނގިލި އަވަށު އިންޖީނުގެ

އުމްރާ އަޅުކަމަށް:

  • 1-

    އާޒިމް އާދަމް - އދ. ދަނގެތި އިންޖީނުގެ

  • 2-

    މުހައްމަދު އާރިފް - ރިނިވަބަލް އެނާޖީ ޑިޕާޓްމަންޓް

  • 3-

    ހަދީޖާ އިފްޝާ - ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓް

އެނގުން މުހިންމު - ސްޓެލްކޯއިން ހައްޖުގެ އަޅުކަމަށް ފުރުސަތު ދެނީ އެ ކުންފުންޏަށް 15 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރުމުގައި ދެމިތިބޭ މުވައްޒަފުންނަށެވެ. އަދި ފަސް އަހަރަށް ވުރެ ގިނަ ދުވަހު އެ ކުންފުނީގެ ހިދުމަތުގައި ދެމިތިބޭ މުވައްޒަފުންނަށް އުމްރާގެ އަޅުކަމަށް ކުރިމަތިލެވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް