28 މާޗު 2024؛ ލެބޯޓަރީ ސާމާނު ހޯދުމަށް ޗައިނާއެކު ހެދި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިޔާތުގައި މިނިސްޓަރު ހަލީލު، (ވ)، ޗައިނާގެ ސަފީރު ވަން ލިޒިން (ފޮޓޯ/ހެލްތު މިނިސްޓްރީ)

17 ރަށަކަށް ލެބޯޓަރީ ސާމާނު ހޯދަން ޗައިނާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ޗައިނާއާއެކު އެއްބަސްވީ ޖުމްލަ 17 ރަށެއްގެ ލެބޯރެޓަރީއަށް ބޭނުންވާ ސިއްހީ ސާމާނު ފަސް އަހަރުގެ މުއްދަތަށް ބަހާލައިގެން ހޯދުމަށް

ޗައިނާ ސަރުކާރާގެ އެހީގައި ރާއްޖޭގެ 17 ރަށަކަށް ލެބޯޓަރީ އިކްއިޕްމަންޓް ހޯދުމާ ގުޅޭ 'ލެޓަ އޮފް އެކްސްޗޭންޖް'ގައި މިއަދު ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެގައުމުގެ ސަފީރު ވަން ލިޒިން އެވެ. 

ތަފްސީލް - މިއަދު ޗައިނާއާ އެކު އެއްބަސްވީ ޖުމްލަ 17 ރަށެއްގެ ލެބޯޓަރީއަށް ބޭނުންވާ ސިއްހީ ސާމާނު ފަސް އަހަރުގެ މުއްދަތަށް ބަހާލައިގެން ހޯދުމަށެވެ. މި އެއްބަސްވުމުގެ ދަށުން ސިއްހީ ސާމާނު ފޯރުކޮށްދޭނީ:

  • 1-

    ނ. ފޮއްދޫ 

  • 2-

    ގދ. ހޯޑެއްދޫ 

  • 3-

    ހއ. މަރަދޫ

  • 4-

    ހއ. މާރަންދޫ

  • 5-

    ށ.ގޮއިދޫ 

  • 6-

    ބ. ދޮންފަނު 

  • 7-

    ބ. ކިހާދޫ 

  • 8-

    ތ. ދިޔަމިގިލި

  • 9-

    ގއ. މާމެންދޫ

  • 10-

    ގއ. ނިލަންދޫ 

  • 11-

    ށ. ނޫމަރާ 

  • 12-

    ޅ. އޮޅުވެލިފުށި

  • 13-

    އދ. ހަންޏާމީދޫ 

  • 14-

    ވ. ކެޔޮދޫ

  • 15-

    ކ. ގާފަރު 

  • 16-

    ނ. މާޅެންދޫ 

  • 17-

    އއ. މާޅޮސް

ހެލްތު މިނިސްޓްރީން ބުނީ، މިއަދު ޗައިނާއާ އެކު ވީ އެ އެއްބަސްވުމާ އެކު، އެ ރަށްތަކުގައި ލެބޯޓަރީ ހިދުމަތް ނެތުމުން ދިމާވާ ދަތިތަކަށް ހައްލުލިބިގެންދާނެ ކަމަށެވެ. އަދި ސިއްހީ މަރުކަޒުތަކުގައި ދެމުންގެންދާ ސިއްހީ ހިދުމަތް ހަރުދަނާވެ، ފަސޭހަކަމާ އެކެ ލެބޯޓަރީ ޓެސްޓުތައް ހެދި ފަރުވާ އަވަސްވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް (1)

ހުސޭނު

30 މާރިޗު 2024
ހއ ގަ ނޯންނާނެ މަރަދުއެއް، އޮންނާނީ މުރައިދޫ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް