ޗައިނާގެ ޝީޒަން އެޓޮނޮމަސް ރީޖަންގެ ޗެއާމަން މިދިޔަ ނޮވެމްބަރު މަހު ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާތުގެ ތެރެއިން (ފައިލް ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-ޗައިނާ

ޗައިނާއިން ރާއްޖެއަށް ހަދިޔާ ކުރަން ނިންމި 1،500 ޓަނުގެ ފެން ގެނެސްފި

ސަރުކާރުން މި ފެން ބޭނުން ކުރަން ނިންމާފައި ވަނީ ރަށްރަށަށް ފެނުގެ ދަތިކަން ދިމާވާ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް

ޗައިނާގެ ޝީޒަން އޮޓޮނޮމަސް ރީޖަންއިން ރާއްޖެއަށް ހަދިޔާ ކުރަން ނިންމި 1،500 ޓަނުގެ ބޯފެން މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެ ރީޖަންގެ ޗެއާމަން ޔަން ޖިން ހައި މިދިޔަ އަހަރު ނޮވެމްބަރު މަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރައީސް މުހައްމަދު މުއިއްޒުއާ ވަނީ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ޔަން ވަނީ، 1،500 ޓަނުގެ ބޯފެން ރާއްޖެއަށް ހަދިޔާ ކުރެއްވުމަށް ނިންމެވިކަން ހާމަ ކުރައްވައިފަ އެވެ.

ތަފްސީލު - އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ރީޖަންގެ ފަރާތުން ހިލޭ ހަދިޔާ ކުރާ ފެނުގެ ޝިޕްމަންޓް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. 

"ދިވެހި ސަރުކާރުން ނިންމާފައި ވަނީ، މި ފެން ބޭނުންކުރާނީ ރާއްޖޭގެ ރަށްރަށަށް ފެނުގެ ދަތިތަކަން ދިމާވާ ހާލަތުގައި އެ ރަށްރަށަށް އެހީގެ ގޮތުގައި ފޯރިކޮށްދިނުމަށެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

މިއީ އެ ރީޖަންގެ ފަރުބަދަމަތީ ގަނޑުފެނުން އުފައްދާ ފެނެވެ.

ރައީސް އޭރު ވަނީ ޔަންގެ "އެ ދީލަތި ހުށަހެޅުން" ގަބޫލުކުރައްވައި ޝުކުރު އަދާ ކުރައްވައިފަ އެވެ.

ކޮމެންޓް (1)

ކަލޯ

26 މާރިޗު 2024
ތިލިބޭނެ ރަށެއް މިރާއްޖެއަކުނެތް
2 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް