ފޮރިން މިނިސްޓަރު މޫސާ ޒަމީރު.

ގާޒާ ހަނގުރާމަ

ގައްޒާ ހަނގުރާމަ ހުއްޓާލުމުގެ ގަރާރަށް ރާއްޖޭގެ މަރުހަބާ: 'މިއީ ރަނގަޅު ފެށުމެއް'

މިނިސްޓަރު ވިދާޅުވާ ގޮތުގައި މިއީ ފަލަސްތީން-އިޒްރޭލް ހަނގުރާމަ ދާއިމީ ގޮތުން ހުއްޓާލުމަށް އެޅޭ މުހިންމު ފިޔަވަޅެއް

އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންގެންދާ ހަމަލާތައް އްޓާލުމަށް އދ.ގެ ސަލާމަތީ މަޖިލީހުން މިއަދު ފާސްކުރި ގަރާރަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މަރުހަބާ ދަންނަވައިފި އެވެ.

ވީ ކިހިނެއް؟ - އެ ގަރާރު ފާސްކުރީ އދ.ގެ ސަލާމަތީ މަޖިލީހުން މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ. އެމެރިކާއިން ވޯޓުގައި ބައިވެރިނުވި ނަމަވެސް ސަލާމަތީ މަޖިލީހުގެ ބާކީ 15 ގައުމުން ވެސް ވޯޓުދިނީ އެ ގަރާރު ފާސްކުރުމަށެވެ.

ބުނީ ކީކޭ؟ - މިނިސްޓަރު ޒަމީރު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރޯދަމަހަށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އެ ގަރާރު ފާސްކުރުމުން ރާއްޖޭގެ ފަރާތުން މަރުހަބާ ދަންވާފަ އެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި މިއީ ގާޒާއަށް ދެމުންގެންދާ ހަމަލާތައް ދާއިމީ ގޮތަކަށް ހުއްޓާލުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް،" އެ ޕޯސްޓުގައި މިނިސްޓަރު ވިދާޅުވި އެވެ.

"މި ގަރާރަށް ފުރިހަމައަށް އަމަލުކޮށް، ފަލަސްތީނަށް ކޮންމެހެން ބޭނުންޖެހިފައިވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ."

https://x.com/MoosaZameer/status/1772322308713042148?s=20

އެނގުން މުހިންމު - މިއީ އޮކްޓޫބަރު 2023ގައި އެ ހަނގުރާމަ ފެށި ފަހުން އދ. ސަލާމަތީ ކައުންސިލުން މިގޮތަށް ގޮވާލާ ގަރާރެއް ފާސްކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެފަދަ ގަރާރުތައް ސަލާމަތީ މަޖިލީހަށް ހުށަހެޅި ނަމަވެސް އެމެރިކާއިން އެ ގަރާރުތައް ވީޓޯ ކުރުމުން ފާސްވެފައެއް ނުވެ އެވެ. 

ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމުގެ އިތުރަށް ހަނގުރާމައިގެ ހުރިހާ އަސީރުން މިނިވަން ކުރުމަށް ވެސް އެ ގަރާރުގައި ގޮވާާލާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް