ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު (ފޮޓޯ/ބީއޭއެމް)

އޭސީސީ

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސައާ ގުޅުން ހުރި ތަންތަން ފާސްކުރަނީ

ތުހުމަތުތަކާ ގުޅޭ ލިޔެކިޔުންތަކާއި މައުލޫމާތު އެއްކުރަން މިދިޔަ ހަފްތާގައި އޭސީސީން އެސޯސިއޭޝަން ވެސް ބަލައިފާސްކޮށްފައިވޭ

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)އާ މެދު ކުރެވޭ ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކުރިއަށްގެންދާ ތަހުގީގުގައި އެ އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދާ ގުޅުން ހުރި ތަންތަން ބަލާ ފާސްކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ބީއޭއެމްއާ ގުޅޭ ގޮތުން ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އޭސީސީން މިދިޔަ އަންގާރަ ދުވަހު ވަނީ އެ އެސޯސިއޭޝަން ވެސް ބަލާ ފާސްކޮށްފަ އެވެ. އެއީ އެ ތުހުމަތުތަކާ ގުޅޭ ލިޔެކިޔުންތަކާއި އެހެނިހެން މައުލޫމާތު ހޯދުމަށެވެ.

ތަފްސީލު - އޭސީސީން މިރޭ ބުނީ އެ އެސޯސިއޭޝަންގައި ހިންގާފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އޭސީސީގެ ތަހުގީގުގެ ބޭނުމަށް އެ އެސޯސިއޭޝަންގެ ރައީސްއާ ގުޅުން ހުރި ބައެއް ތަންތަން، ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު އޭސީސީން އަދި ހާމަައެއް ނުކުރެ އެވެ.

އެނގުން މުހިންމު - ބީއޭއެމްގެ ރައީސް އަދި ކުރީގެ އެއްވަނަ ކުޅުންތެރިޔާ މޫސަގެ އަމިއްލަ ވިޔަފާރިއަށް ފަހިވާ ގޮތަށް އެސޯސިއޭޝަންގެ މަސްލަހަތު ބޭނުންކުރުމާއި އެ ނޫނަސް ފައިސާއާ ގުޅޭ ކަންކަމުގައި އެސޯސިއޭޝަނުން އަމަލުކުރާ ގޮތްތަކާ ބެހޭ ގޮތުން ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް ނޫސްތަކުން ވަނީ މި ފަހުން ތިލަކޮށްފަ އެވެ.

މޫސަ ބީއޭއެމްގެ ރައީސްކަމުގައި ހުންނަވާތާ މިހާރު އަށް އަހަރު ވަނީ އެވެ. އޭސީސީގެ ކުއްލި ތަހުގީގު މި ފެށީ އާ އިންތިހާބަކަށް ތައްޔާރުވަމުން އަންނަނިކޮށެވެ. ނަމަވެސް އެ އިންތިހާބު ފަސްކުރަން، ސްޕޯޓްސް ކޮމިޝަނަރު ވަނީ އަންގަވައިފަ އެވެ. އެގޮތަށް އެންގެވީ އިންތިހާބާ ގުޅޭ ގޮތުން އަސާސީ ގަވާއިދުގައި ހުރި ބައެއް މައްސަލަތައް އިސްލާހުކުރަން ބޭނުންވުން ކަމަށް، މީޑިއާގެ ބައެއް ރިޕޯޓްތައް ބުނެ އެވެ.

ބީއޭއެމްއިން ބެޓްމިންޓަނާ ގުޅޭ ގިނަ އަދަދެއްގެ ސާމާނު ގަންނަނީ މޫސަގެ އަމިއްލަ ފިހާރަ ކަމަށްވާ އަސްކަނި ސްޕޯޓްސް މެދުވެރިކޮށް ކަމަށްވެ އެވެ. 

ކޮމެންޓް (1)

މރބޯން

24 މާރިޗު 2024
ތިޔައީ ކުރިން ބޮޑު ޕިރަމިޑް ސްކީމެއް ވެސް ޖެއްސި މީހެއް. ކާކު ހަނދާން ހުންނަނީ އެ ވާހަކަ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް