ސިހުރު ހަދާފައިވާ ތަން އޮޅުވާލަން، ގާފަރު ސްކޫލުގެ ގޯތިތެރެއަށް ފެން އަޅާފައިވާ ތަންތަން ފާހަގަކޮށް ދިދަ ޖަހާފައި
ގާފަރު ސްކޫލުގައި ސިހުރުތަ؟ ބައެއް މުވައްޒަފުންނަށް މިހާރު އެކަން ޔަގީން
ކ. ގާފަރު ސްކޫލުގެ ބައެއް މުވައްޒަފުން ބުނާގޮތުގައި އެކަން ފެށިގެން އައީ 2013-2014 ހިސާބުގަ އެވެ. ސްކޫލުގައި ބާއްވާ ގުރުއާން މުބާރާތުގައި ބައިވެރިވާ ބައެއް ކުދިން ކުއްލިއަކަށް ބަލިވާން ފެށީ އެވެ. އެކި ކުދިންނަށް ވަނީ އެކި ގޮތެވެ.
މުބާރާތުގައި ކިޔެވުން އޮންނަ ދުވަހު ބައެއް ކުދިންނަށް ލޮލަށް ފެނުމުގައި ދަތިތައް ކުރިމަތިވާކަމުގެ ޝަކުވާ އެވެ. އަނެއް ބައި ކުދިންގެ އަޑު ހަލާކުވުމުގެ ޝަކުވާ އެވެ. ބައެއް ކުދިން ގައިގެ ވަރުދެރަވެ، ހޮސްޕިޓަލުން ފަރުވާ ދޭން ޖެހޭ ހިސާބަށް ދެ އެވެ. އެކަމަކު އެ ހުރިހާ ކަމަކާ ސިހުރާ ގުޅުވާލަން، އެނގުނީ، އެ މުވައްޒަފުން ބުނާ ގޮތުގައި، ދާދި ފަހުންނެވެ.
ސިހުރު ހަދާފައި ހުރި ކަމަށް ޝައްކު ކުރެވިގެން، ރުގުޔާ ކުރާ ރާގީއެއް ލައްވާ ބެލިއިރު އެ މީހުންނަށް ފެނުނީ ސިއްސައިގެންދާ ފަދަ މަންޒަރުތަކެކެވެ. ރާގީގެ ސަބަބުން އެމީހުންނަށް އެނގުނީ މުޅި ސްކޫލުގެ އެތައް މިތަނަށް ސިހުރު ހަދާފައި ހުރިކަމެވެ. ސިހުރަށް ކިޔަވައި، އަޅި އާއި ވެއްޔާއި ފެން، ސްކޫލުގެ މުޅި ގޯތިތެރޭގެ އެތައް މިތަނަށް އަޅާފައި ހުރި ކަމަށް، އެ މުވައްޒަފުން ގަބޫލުކުރެ އެވެ.
"ސިހުރު ވަޅުލާފައި ހުރި 100އަށް ވުރެ ގިނަ ތަންތަން އަޅުގަނޑުމެންނަށް ފެނުނު. ކުދިންނަށާއި ޓީޗަރުންނަށާއި މުވައްޒަފުންނަށް ވެސް އެކަން ކޮށްފައި ހުރީ،" ގާފަރު ސްކޫލުގެ ގުރުއާން ޓީޗަރު، އަހުމަދު ސޮބާހު ބުންޏެވެ.
ބޮޑަށް އަމާޒުކުރީ ގުރުއާން ކިޔަވާ ކުދިންނަށް
ރީތިކޮށް ގުރުއާން ކިޔަވާ ކުދިން ގާފަރު ސްކޫލުގައި ގިނަ އެވެ. އޭގެ ތެރެއިން ބައެއް ކުދިން ހޮވާލައިގެން، އިތުރަށް ފަރިތަކޮށް ތަމްރީނުކޮށްދެ އެވެ. އެކަމަކު ގޮތް ނޭނގޭ ކަންތައްތަކެއް، އެ ކުދިންގެ މެދުގައި ހިނގާކަން ކުރިއްސުރެ ސްކޫލަށް އޮތީ ފާހަގަވެފަ އެވެ. ބެލެނިވެރިންގެ ޝަކުވާތައް ވެސް އެކަމުގައި ބޮޑެވެ.
"ބެލެނިވެރިން ޝަކުވާކުރޭ ކުދިން ސްކޫލަށް ދާން ބޭނުންނުވާ ކަމަށް ބުނެ، ރޫހާނީ އެއްޗެހި ފެންނަ ކަމަށް ވެސް، ކުދިންނާ ހަވާލާދީ ބެލެނިވެރިން ބުނޭ،" ސޮބާހު ބުންޏެވެ.
"އެއް ފަހަރެއްގައި، ވަރަށް ރީތިކޮށް ކިޔަވާ ކުއްޖަކު ހަމަ ކުއްލިއަކަށް ގައިގެ ވަރުދެރަވެ ހޮސްޕިޓަލަށް ގެންގޮސް، އައިވީ ގުޅާފައި ބާއްވަން ޖެހުނު. ވަރަށް ހާލުން އެ ކުއްޖާ މުބާރާތަށް ގޮސް ކިޔަވާ ނިމުނުތަނާ ހަމަ ވަގުތުން ރަނގަޅު ވެއްޖެ."
ތަކުރާރުކޮށް ފެންނަ މިފަދަ ކަންކަމާ ގުޅިގެން، ސްކޫލުގެ ފަރާތުން އެންމެ ފުރަތަމަ ރުގުޔާކުރީ 2022ގަ އެވެ. އެއީ މުބާރާތަކުން ވަނަ ލިބުނު ދަރިވަރަކު ގެއަށް ގެންދިޔަ ޓްރޮފީއަކުން އެއްޗެެއް ފާހަގަކުރެވިގެން، ލިބުނު ޝަކުވާއަކާ ގުޅިގެންނެވެ. އެ ފަހަރު ބެލިބެލުމުން އެނގުނީ، އެ މުބާރާތުން އެންމެ މޮޅު ފަސް ވަނަ ލިބުނު ދަރިވަރުންގެ ޓްރޮފީއަށް ވެސް ސިހުރު ހަދާފައި ހުރި ކަމެވެ. އިތުރަށް ޔަގީން ކުރުމަށް ދެ ރާގީއެއް ލައްވައި ވެސް ބެލިބެލުމުން، މުވައްޒަފުންނަށް އެނގުނީ، އެކަން ކޮށްފައިވަނީ ޓްރޮފީތައް، ސްކޫލުގެ ސްޓާފް ރޫމުގައި ހުއްޓާ ކަމެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި އެކަން އަދި މާ ބޮޑު ކަމަށްވެ އެވެ. ވަކި ކުއްޖަކަށް ނުބަލައި، ޖުމްލަ 40 ޓްރޮފީއަކަށް ސިހުރު ހަދާފައި ހުރި ކަމާއި އެކަން ކޮށްފައިވަނީ ސްކޫލުގެ ގުދަނުގައި ހުއްޓާ ކަމަށް، ބައެއް މުވައްޒަފުން ބުނެ އެވެ. އަދި ފަހުން، ވަކި ކުދިންތަކަކަށް އަމާޒުކޮށްގެން ދެ ވަނަ ފަހަރަށް ވެސް ބައެއް ޓްރޮފީތަކަށް ސިހުރު ހަދާފައި ހުރި ކަމަށް ޓީޗަރު ތުހުމަތު ކުރެ އެވެ.
"އެކަން ވީ ގޮތަކީ އެންމެ ފުރަތަމަ އަޅުގަނޑުމެން ކުދިންނަށް ޓްރޮފީތައް ހަވާލުކުރީ، ވަގުތު ނެތިގެން އޭގައި އެއްވެސް ނަމެއް ނުޖަހާ. އެ ދުވަހު ހަވީރު އެ ޓްރޮފީތައް ކުދިން އަތުން ނަގައި، ނަން ޖަހާފައި ސްޓާފް ރޫމުގައި ބަހައްޓާފައި ހުންނާނީ. އެކަމަކު އަނެއް ދުވަހު ހެނދުނު ޓްރޮފީ ހަވާލުކުރި އިރު، ވަކި ކުދިންތަކަކަށް ހުރީ ދެ ވަނަ ފަހަރަށް ސިހުރު ހަދާފައި،" ސޮބާހު ބުންޏެވެ.
ސްކޫލުގެ ތެރެއިން ހިނގާ ކަމެއްތަ؟
މި ހުރިހާ ކަމެއް ވެސް އެނގުނީ، ސޮބާހު ބުނިގޮތުގައި، ޝަރުއީ ދިރާސީ ރުގުޔާކޮށްގެންނެވެ. މިފަދަ ރުގުޔާ ކުރަނީ، ކަމާ ގުޅުން ހުރި އާޔަތްތައް ބަލި މީހާގެ ކައިރީގައި ކިޔަވައިގެން، ސިހުރު ހަދާފައިވާ ތަންތަން ހޯދައިގެންނެވެ.
ކަމާ ގުޅުން ހުރި، ގުރުއާނުގެ އާޔަތްތަކާއި ދުއާތައް މިގޮތަށް ކިޔެވުމުން އެމީހަކަށް އަންނަ ބަދަލަކުން ނުވަތަ ތަދަކަށް، އެ މީހަކަށް ހަދާފައި ހުރި ސިހުރު ހުރީ ކޮން ތަނެއްގައިތޯ ދެނެގަނެވޭ ކަމަށް، އެކަން ކުރާ މީހުން ގަބޫލުކުރެ އެވެ. މި ގޮތަށް ރުގުޔާ ކުރުމުން، ހުރިހާ ސިހުރެއް ވެސް ހުރީ ސްކޫލުގެ ތެރޭގައިކަން އެނގުނެވެ. އަދި ޓްރޮފީތަކަށް ސިހުރު ހަދާފައިވަނީ، ހަމައެކަނި މުވައްޒަފުންނަށް ވަދެވޭ ސްކޫލުގެ ސްޓާފްރޫމާއި ގުދަނުގައި ހުއްޓާކަން ވެސް އެނގުނެވެ.
"ސްޓާފްރޫމަށް ވަދެވޭނީ ފިންގަޕްރިންޓް ޖަހައިގެން. އެއީ ކޮންމެ ކޮންމެ މީހަކަށް ވަދެވޭނެ ތަނެއް ނޫން. ދެން ގުދަން ހުޅުވޭނީ ވެސް ސްޓާފްރޫމް ނުވަތަ އޮފީސް ހުޅުވައިގެން،" ސޮބާހު ބުންޏެވެ.
"އެހެންވެ، އަޅުގަނޑުމެން ތުހުމަތު ކުރަނީ މިއީ މުވައްޒަފެއްގެ ބައިވެރިވުމާ އެކު ހިނގާ ކަމެއް ކަމަށް."
މިއީ ބޮޑު ތުހުމަތެކެވެ. އެކަމަކު ކަމުގެ ބާވަތުން، ވަކި މީހަކަށް އިނގިލި ދިއްކުރުމަކީ ފަސާދައަކަށް މަގުފަހިވާނެ ކަމެއްކަމަށް އޭނާ ގަބޫލުކުރެ އެވެ.
އޭނާ ދޭ ޔަގީންކަމަކީ މިހާރު ސްކޫލު ތެރޭގައި ހުރި ސިހުރުތައް ބާތިލް ކުރަން ހުއްޓާނުލައި މަސައްކަތް ކުރާނެ ކަމެވެ.
ސޮބާހު ބުނިގޮތުގައި ސިހުރުތައް ބާތިލްކުރަން ފެށުމުން، ސިހުރު ހަދާފައި ހުރި ތަންތަން އޮޅުވާލަން، އެކަން ކުރާ މީހުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އަސްލު ސިހުރު ހަދާފައިވާ ތަންތަނާ އެކު އެހެން ގިނަ ތަންތަނަށް ވަނީ ފެން އަޅައިފަ އެވެ. ފޮޓޯއިން ފެންނަ ދިދަ ޖަހާފައި ހުރި ތަނަކީ، އެގޮތަށް އޮޅުވާލަން ފެން އަޅާފައި ހުރި ބައެއް ތަންތަނެވެ. މިގޮތަށް ސްކޫލުގެ އެކި ތަންތަނަށް ފެން އަޅާފައި ހުރި ކަމަށް ސޮބާހު ބުންޏެވެ.
"އެކަމަކު އަޅުގަނޑުމެން މިހާރު ވާނީ، އާ އިމާރާތުގެ އަށް ކްލާސްރޫމަށް ސިހުރު ހަދާފައިވާ 57 ތަނެއް ބާތިލްކޮށްފައި. އަޅުގަނޑުމެން ހުއްޓާ ނުލައި މި މަސައްކަތް ކުރާނަން،" އޭނާ ބުންޏެވެ.
ސިހުރުގެ ޝިކާރައަކަށް ދަރިވަރުންތަކެއް ހަދަން ޖެހޭ މަގްސަދެއް، ސޮބާހުއަކަށް ނޭނގެ އެވެ. އެކަމަކު އޭނާއަށް ޔަގީންވާ ކަމަކީ، އެކަން ބޮޑަށް އަމާޒުކޮށްފައި ވަނީ ސްކޫލުގެ ގުރުއާން މުބާރާތުގައި ކިޔަވާ ކުދިންނަށް ކަމެވެ.
ކޮމެންޓް (48)
ާަމުޙަންމަދު
މުޙައްމަދު
ކާ މޯޖް
ޙެރީ ޕޮޓަރ ބިންތު މަރިޔަމް
ހެހެ
ރަށުމީހާ
ޙުސައިން
ޙަސަނު
ސާދާ
މެކިެިެ
ފާތުން
މޫސަ
ޔޫސުފު
އަލީ
ޔަހުޔާ
ތުހުމަތު
ށިރަން
ހަޤީޤަތް
ޢަލީ
ފެހިމޭބިސް ކަދުރު
އިސްތިރި
ޙަސަން
މުޙައްމަދު
ސްމޭޝް
ޞަބާޙް
ހަނުކަނުމަނު
ޕާސް
އަވަލެވި މީހަ
ހައި223
ހެހެ
އައިޝާ
ހައި221
ކޮސްވެއްޖެ
ހަމްދިއްޔާ
ނަން
ޖިދު
ާއަލިކޮއެ
ކިޔާމީހާ
ޞަބާޙް
ޖާހިލްކަމުން ހޭލާ
ނުގޭލް
ހުސް ފޭކް
ޖީބްރީލް
ހަބަރާން
ރަމަލާން
ޢުއްމުހާނީ
ފަނޭ
ލޮލޯ