އޭސީސީގެ ރައީސް އާދަމް ޝާމިލް (ކ) އާއި ނައިބު ރައީސް އަބްދުލް ސަލާމް، މަޖިލީހުގެ ކޮމެޓީއެއްގައި. (ދައުރު ފޮޓޯ/މުހައްމަދު އަމާން)

އޭސީސީ

ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކަކާ ގުޅިގެން އޭސީސީއިން ބެޑްމިންޓަން އެސޯސިއޭޝަނަށް ވަދެފި

އޭސީސީއިން އަންނަނީ ތުހުމަތުތަކާ ގުޅޭ ލިޔެކިޔުންތަކާއި މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުން. ތަހުގީގު ފެށިއިރު އެސޯސިއޭޝަނުން އަންނަނީ އެތެރޭގެ އިންތިހާބަށް ތައްޔާރުވަމުން

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)އާ ގުޅޭ ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެ އެސޯސިއޭޝަންގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އޭސީސީއިން މިއަދު ބުނީ ބީއޭއެމްއަށް ރައްދުވާ ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

އެ ތުހުމަތުތަކާ ގުޅިގެން ބޭނުންވާ ލިޔެކިޔުމާއި އިތުރު މައުލޫމާތު ހޯދުމަށް އޭސީސީގެ ތަހުގީގު ޓީމެއް މިވަގުތު ބީއޭއެމްގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު އޭސީސީއިން އަދި ހާމަައެއް ނުކުރެ އެވެ.

ތަފްސީލް - ނަމަވެސް، ބީއޭއެމްގެ ރައީސް މޫސާ ނާޝިދުގެ އަމިއްލަ ވިޔަފާރިއަށް ފަހިވާ ގޮތަށް އެސޯސިއޭޝަންގެ މަސްލަހަތު ބޭނުންކުރުމާއި އެ ނޫނަސް ފައިސާއާ ގުޅޭ ކަންކަމުގައި އެ އެސޯސިއޭޝަނުން އަމަލުކުރާ ގޮތްތަކާ ބެހޭގޮތުން ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް ނޫސްތަކުން ވަނީ މި ފަހުން ތިލަކޮށްފަ އެވެ.

ކުރީގެ ރާއްޖޭގެ އެއްވަނަ މެޑްމިންޓަން ކުޅުންތެރިޔާ މޫސަ، ބީއޭއެމްގެ ރައީސްކަމުގައި ހުންނަވާތާ މިހާރު އަށް އަހަރު ވަނީ އެވެ. އޭސީސީގެ ކުއްލި ތަހުގީގު މި ފެށީ އާ އިންތިހާބަކަށް ތައްޔާރުވަމުން އަންނަނިކޮށެވެ. ނަމަވެސް އެ އިންތިހާބު ފަސްކުރަން، ސްޕޯޓްސް ކޮމިޝަނަރު ވަނީ އަންގަވައިފަ އެވެ. އެގޮތަށް އެންގެވީ އިންތިހާބާ ގުޅޭ ގޮތުން އަސާސީ ގަވާއިދުގައި ހުރި ބައެއް މައްސަލަތައް އިސްލާހުކުރަން ބޭނުންވުން ކަމަށް، މީޑިއާގެ ބައެއް ރިޕޯޓްތައް ބުނެ އެވެ.

ބީއޭއެމްއިން ބެޓްމިންޓަނާ ގުޅޭ ގިނަ އަދަދެއްގެ ސާމާނު ގަންނަނީ މޫސަގެ އަމިއްލަ ފިހާރަ ކަމަށްވާ އަސްކަނި ސްޕޯޓްސް މެދުވެރިކޮށް ކަމަށްވެ އެވެ. 

ކޮމެންޓް (1)

ސަދޫ

19 މާރިޗު 2024
ނުވާނެ އެއްވެސްކަމެއް، ތި ހަމަ ލާރިހުރި މީހުންް ކޮންޓްރޯލްކުރާ އެއްޗެއް، އޭސީސީ ލަދުގަންނާނީ، ތިބޭނީ މިހާރުވެސް މޫސަ ދަށުވެފަ، ތި މޫސައަކާ ހެދީ ދިވެހިރާއްްޖޭގެ ބެޑްމިންޓަން ކުރިނާރަނީ. ނިކަން ބަލާބަލަ، ބެޑްމިންޓަން ގަައުމީ ސިންގަލް އދި ޑަބަލްސް ޗެމްޕިއަން ވެސް ނެޝަނަލް ޓީމަށް ނޭރޭ، މޫސަގެ ފެވަރިޓް ކުދިންނަށް ފުރުސަތު ދޭންވެގެން. މިކަހަލަ ބައިވަރު މައްސަލަ. މިމީހުން އަތްދަށުން މި ކުޅިވަރު ސަލާމަތްވެގެން ނޫނީ ކުރިއެރުމެއް މިޤައުމަކަށް މީގެން ނެތް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް