ޕީއެސްއެމްގެ ދަށުން ހިންގާ ޓީވީއެމްއިން ގެނެސްދޭ އިހުސާސް ޕްރޮގްރާމްގެ ހުށައެޅުންތެރިޔާ އައިމިނަތު ނަމްޒާ

ޕީއެސްއެމް

ފާޑުކިޔުން އަމާޒުވި 'އިހުސާސް' ޕްރޮގްރާމްގެ ދެން ދައްކާނީ މޮނީޓާ ކުރުމަށް ފަހު: ޕީއެސްއެމް

އިހުސާސް ޕްރޮގްރާމްގެ ހޯސްޓު އާމިނަތު ނަމްޒާ މެހެމާނުންނާ ކުރި ބައެއް ސުވާލުތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި

ޕީއެސްއެމްއިން ކޮންމެ ރޯދަމަހަކު ގެނެސްދޭ 'އިހުސާސް' ޕްރޮގްރާމްގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ނިކަމެތިކަން އިހުސާސްވާ ގޮތަށް ސުވާލުތަކެއް އަމާޒުކުރި ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާ އެކު ދެން އެ ޕްރޮގްރާމް ދައްކާނީ ރަނގަޅަށް މޮނީޓާ ކުރުމަށް ފަހު ކަމަށް ޕީއެސްއެމްއިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ދިރިއުޅުމުގައި ތަފާތު އެކި ހިތާމަތަކާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ ވާހަކަތައް ގެނެސްދޭ 'އިހުސާސް' ޕްރޮގްރާމްގެ މި އަހަރުގެ ފުރަތަމަ އެޕިސޯޑު ދެއްކީ މިދިޔަ ބުދަ ދުވަހުގެ ރޭގަ އެވެ.

އާންމުންގެ ފާޑުކިޔުން އަމާޒުވީ އެ އެޕިސޯޑުގައި ޕްރޮގްރާމްގެ ހޯސްޓު، އާމިނަތު ނަމްޒާ، މެހެމާނުންނާ ކުރި ބައެއް ސުވާލުތަކާ ގުޅިގެންނެވެ.

ބުނީ ކީކޭ؟ - މިކަމާ ގުޅޭ ގޮތުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު 'ދައުރު'އަށް ވިދާޅުވީ ޕްރޮގްރާމްތަކަށް އަބަދުވެސް އާންމުންގެ ހިޔާލު ލިބޭ ކަމަށާއި ފާޑުކިޔުން އަމާޒުވި ނަމަވެސް އެ ޕްރޮގްރާމް ހުއްޓާލަން ނުނިންމާ ކަމަށެވެ.

"ބުދަ ދުވަހުގެ ރޭ ޕްރޮގްރާމް ދެއްކީމަ، ބުރާސްފަތި ދުވަހު އަޅުގަނޑުމެން އެކި އެޗްއޯޑީއިން ހިމެނޭ ގޮތަށް ބައްދަލުވުމެއް ބާއްވައި، ފީޑްބެކް ހިއްސާކޮށް، ރަނގަޅުކުރަން ޖެހޭ ކަންކަން ފާހަގަކުރިން،" އޭނާ ވިދާޅުވި އެވެ.

އާންމުންގެ ކަންބޮޑުވުންތައް ލިބެން ފެށުމާ އެކު ޕްރެޒެންޓަރާއި ޑިޕާޓްމަންޓްގެ  ހެޑްއާ ފަހުން ވެސް މަޝްވަރާކޮށް އެ ކަންބޮޑުވުންތައް ހިއްސާކުރެއްވި ކަމަށް ޒީނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން ނިންމާފައިވަނީ ޕީއެސްއެމްގެ ކޮންޓެންޓް ކޮމިޓީއިން ވަރަށް ރަނގަޅަށް ބެލުމަށް ފަހު [މި ޕްރޮގްރާމް] އޮން އެއާކުރަން،" ޒީނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - 'އިހުސާސް' ޕްރޮގްރާމްގެ މި އަހަރުގެ ފުރަތަމަ އެޕިސޯޑުގައި ކުރި ބައެއް ސުވާލުތަކާ ގުޅިގެން، އެފަދަ ހިތްދަތި ސުވާލުތައް ނުކުރުމަށް އެދި ބައެއް މީހުން ވަނީ ފާޑުކިޔައިފަ އެވެ.

މިއީ ރޯދަމަހު ޓީވީއެމުން ގެނެސްދޭ އެންމެ ގިނަ ބަޔަކު ބަލާ އެއް ޕްރޮގްރާމެވެ.

ކޮމެންޓް (2)

ލަކުޑި

17 މާރިޗު 2024
ތިޔައީ ބޮނޑު ބޯޖަހާހެން ކޮންމެ ބަހެއް ބުނެފައިވެސް ނަމްޒާ ބޯޖަހާ ޕްރޮގްރާމެއް.
0 0

އަހުމަދު

17 މާރިޗު 2024
އިހުސާސްތައް ނެތީ
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް