ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް އުނގަންނައިދޭން ޓީޗަރެއްކަމުގައިވާ، އާއިޝަތު ޝައުފާ، މ.މުލަކު، ސޯސަންވިލާ، ކުރި ސުވާލު ރައީސް މުއިއްޒު ބައްލަވަނީ

ޓީޗަރުން

ސެން ޓީޗަރުންނަށް ރިސްކު އެލަވަންސް ހަަމަޖައްސައި ދެނީ

ރައީސް ވިދާޅުވީ ރިސްކް އެލަވަންސް ކެނޑުނީ މިދިޔަ ސަރުކާރުން މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލަކުން ކަމަށާއި އެކަން އިސްލާހުކޮށްދެއްވާނެ ކަމަށް

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ހާއްސަ، ސެން ޓީޗަރުންނަށް ރިސްކު އެލަންވަންސް ހަމަޖައްސައްދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސީދާ ރައީސްއާ ސުވާލުކުރުމަށް ސަރުކާރުންދޭ ފުރުސަތުގައި، ސެން ޓީޗަރުންނަށް ރިސްކް އެލަވަންސް ނުދޭކަމުގެ ކަންބޮޑުވުން ފާޅުކުރީ،  އާއިޝަތު ޝައުފާ، މ.މުލަކު/ ސޯސަންވިލާ، އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދީންނަށް ކިޔަވައި ދިނުމުގައި 10 އަހަރަށްވުރެ ގިނަ އަހަރު ހޭދަކޮށްފައިވާ ޝައުފާގެ ކަންބޮޑުވުމަކީ އެ ދާއިރާއިން ކިޔަވައިގެން ތިބޭ ޓީޗަރުން ލިބުން ދަތިވުމެވެ. ޓީޗަރުން ލިބުން ދަތިވި ނަމަވެސް، އުންގަނައިދޭންޖެހޭ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ނިސްބަތް އިތުރުވާތީ ސެން ޓީޗަރުންނަށް މީގެ ކުރިން ދެމުން އައި ރިސްކު އެލަވަންސް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް އޭނާ ރައީސްގެ ކިބައިން އެދުނެވެ.

ބުނީ ކީކޭ؟ - އެކަމަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ:

  • ސެން ޓީޗަރުން ތަމްރީންކޮށް ޓީޗަރުން ހޯދުމުގެ މަސައްކަތް މިއަހަރު މެދުތެރޭގައި ފަށަން ރާވާފައިވޭ

  • މިހާރުން މިހާރަށް ވެސް ސެން ޓީޗަރުން ލިބުމުގައި ދިމާވާ ދަތިތައް ހައްލުކޮށް ޓީޗަރުން އިތުރުކުރުމުގެ މަސައްކަތް ކުރާނަން

  • ރިސްކް އެލަވަންސް ކެނޑިފައި ވަނީ މިދިޔަ ސަރުކާރުން މުސާރައިގެ އޮނިގަނޑަަށް ގެނައި ބަދަލަކުން

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ތި ވިދާޅުވި ކަމުގައި ސެން ޓީޗަރުންނަށް ރިސްކް އެލަވަންސެއް ނޫނިއްޔާމުން ހާއްސަ އިތުރު ފައިސާގެ އިނާޔަތެއް ލިބޭނެ ގޮތް އިރާދަކުރެއްވިއްޔާ ސަރުކާރުން ހަމަޖައްސައިދޭނަން،" ރައީސް ވިދާޅުވި އެވެ.

އެނގުން މުހިންމު - ޓީޗަރުންނަށް އިތުރު ގަޑީގެ ފައިސާއާ އެކީގައި މީގެ ކުރިން ލިބޭ ވަރަށް ވުރެ ބޮޑު މިންވަރެއް މުސާރަ އާއި އިނާޔަތްތަކުން އެކަނި ލިބޭނެ ގޮތަށް ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް މިދިޔަ އަހަރުގެ މެއި މަހު އޭރުގެ ސަރުކާރުން ވަނީ ބޮޑުކޮށްފަ އެވެ.

ކޮމެންޓް (1)

އިބްރާހިމް

16 މާރިޗު 2024
ސްކޫލްތަކުގައި ރިސްކް އަށް ހުށަހެޅެނީ ހަމައެކަނި ސެން ޓީޗަރުންނެއްނޫން. މަސައްކަތު ދައްތަމެންގެ ރިސްކް ވެސް މާބޮޑު ވާނެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް