ބޭންކް އޮފް މޯލްޑިވްސްގެ ޔޫއެސް ޑޮލަރު އޭޓީއެމް ހުންނަ ސަރަހައްދު (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ބިދޭސީން

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 7 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

އިމިގްރޭޝަން އިން ބުނީ މާލޭގައި ހުންނަ ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ސަރަހައްދުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސިން ކަޅު ބާޒާރުގައި ޑޮލަރު ގަނެވިއްކުމުގައި ހަރަކާތްތެރިވާކަން ފާހަގަވެފައިވާ ކަމަށް

ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން އުޅުނު ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ވީ ކިހިނެއް؟ - އިމިގްރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓްރީ އިން ގެންގުޅޭ ސިޔާސަތުގެ ދަށުން މި މި މަހުގެ 9 ވަނަ ދުވަހު އިމިގްރޭޝަނުން އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ކަމަށެވެ.

ތަފްސީލް - ގަވައިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނާ ބެހޭ ގޮތުން އިމިގްރޭޝަން އިން ބުނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގައި ބަހައްޓާފައި ހުރި ޑޮލަރު އޭޓީއެމް ސަރަހައްދުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ކަޅު ބާޒާރުގައި ޑޮލަރު ގަނެވިއްކުމުގައި ހަރަކާތްތެރިވާކަން ފާހަގަވެފައިވާ ކަމަށެވެ.

އެ އޮޕަރޭޝަނުގައި އެފަދަ މީހުން ދެނެގަތުމަށް ހާއްސަ ހަރަކާތްތަކެއް ހިންގި ކަމަށާއި އިމިގްރޭޝަންގެ ރިސްކު އިންޓެލިޖެންސް އެންޑް ލީގަލް އެފެއާޒް އާއި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން ގުޅިގެން ކުރިއަށް ގެންދިޔަ އެ އޮޮޕަރޭޝަނުގައި ހަތް ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް އިމިގްރޭޝަން އިން ބުންޏެވެ.

  • މި އެންމެންނަކީ ވެސް ފުޅާ ދާއިރާއެއްގައި ގަވާއިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރާ ދެ ބިދޭސިން 

  • އޭގެ ތެރޭގައި ސައްހަ ވީސާއެއް ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރާ ބިދޭސީން ވެސް ހިމެނޭ

އިމިގްރޭޝަން އިން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް މި އޮޕަރޭޝަންތައް އިތުރަށް ފުޅާކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަކީ މަގުސަދު ކަމަށެވެ.

ކޮމެންޓް (1)

ޣާޑާ

14 މާރިޗު 2024
ގަދަ، އިހުސާން ، ތިގޮތަށް ކުރިއަށް ގެންދަވާ
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް