ރައީސް މުއިއްޒު ރ. މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

މަސްވެރިކަން

މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ: ރައީސް

ރައީސް ވިދާޅުވީ އިއްޔެ މަސްވެރިންނަށް ދިން ފައިސާއާ އެކު، ހުކުރު ދުވަހުގެ ނިޔަލަށް މަސްވެރިން ބޭނި ހުރިހާ މަހަށް ފައިސާ ދީ ނިމިފައިވާ ކަމަށް

މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވި، ފައިސާ ދީ އިއްޔެ ނިންމާލެވިފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރޯދައިގެ ކުރިން މަސްވެރިންނަށް ފައިސާދީ ނިންމާލުމަށް ރައީސް މުއިއްޒު ވެފައިވާ ވައުދާ އެއްގޮތަށް، ނުދެވި ހުރި 157 މިލިއަން ރުފިޔާ ދޫކުރުމުގެ މަަސައްކަތް އިއްޔެ ވަނީ ފަށައިފަ އެވެ.

ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ރޭ 'ދައުރު' އަށް ވިދާޅުވިގޮތުން، ރޭގައި ވެސް އެ ފައިސާ މަސްވެރިންނަށް ޖަމާކުރުމުގެ ކަންކަން ކުރިއަށްދިޔައިރު މިއަދަށް ފައިސާދީ އެއްކޮށް ނިންމާލެވޭނެ ކަމަށް ބެލެވެ އެވެ.

ބުނީ ކީކޭ؟ - އޭގެ ފަހުން ރައީސް މުއިއްޒު ރޭ އެމަނިކުފާނުގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ:

  • މިއަދު ދެވުުނު ފައިސާއާ އެކު މިދިޔަ ހުކުރު ދުވަހާ ހަަމަޔަށް ބޭނި މަހަށް ފައިސާދީ މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިފައިވާ ކަމަށް

ގުޅުންހުރި ކަމެއް - ރޭ ޝިޔާމް ވިދާޅުވި ގޮތުން، މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ޖަމާކޮށް ނިންމާލެވޭއިރު ކްރެޑިޓަށް ދޫކުރި ތެލާއި އައިސް ހިމެނޭ ގޮތަށް، މި ސަރުކާރުން މަސްވެރިންނަށް ދިން ފައިސާގެ އަދަދު 700 މިލިއަން ރުފިޔާއަށް ވުރެ ގިނަވާނެ ކަމަށް އަންދާޒާކުރެވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް