ފަނޑިޔާރު މުހައްމަދު ނިޔާޒް (ފޮޓޯ/ޖޭއެސްސީ)

ފަނޑިޔާރު ނިޔާޒް ޖޭއެސްސީގެ ނައިބު ރައީސްއަކަށް

އެ މަގާމު ހުސްވީ ކުރިން ހުންނެވި އައިޝާ ޝުޖޫން ޖޭއެސްސީގެ މެމްބަރުކަމުން ވަކިކުރުމުން

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްގެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް މިއަދު އިންތިހާބުކޮށްފި އެވެ.

ވީ ކިހިނެއް؟ - ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫންގެ ބަދަލުގައި އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ޖޭއެސްސީގެ މެމްބަރުކަމަށް މިދިޔަ މަހު އައްޔަންކުރުމުންނެވެ.

ތަފްސީލް - ފަނޑިޔާރު ނިޔާޒް އެ މަގާމަށް މިއަދު އިންތިހާބުކުރީ އެ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓަކުންނެވެ. 

އެނގުން މުހިންމު - އެ މަގާމުގައި ކުރިން ހުންނެވި ޝުޖޫން ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުކުރީ 17 ޑިސެމްބަރުގަ އެވެ. އޭނާގެ މެމްބަރުކަމުގެ މުއްދަތު ހަމަނުވަނީސް، ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލުކުރައްވަން ހުސްނުއްސުއޫދު ހަމަޖެއްސި ސަބަބެއް އެ ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް