އައިޖީއެމްއެޗް މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތު. (ފޮޓޯ/އައިޖީއެމްއެޗް)

ހަތަރު އަހަރަށް ފަހު އައިޖީއެމްއެޗް މިސްކިތް ހުޅުވައިފި

މިސްކިތާ އިންވެގެން އޮންނަ ހުސް ތަނުގައި ކޮންސްޓްރަކްޝަން މަސައްކަތެއް ކުރާތީ ކަމަށް ބުނެ އެ މިސްކިތް ބަންދުކުރީ ސެޕްޓެމްބަރު 2019ގައި

އައިޖީއެމްއެޗްގައި ކުރިން ނަމާދުގެއެއްގެ ގޮތުގައި ބޭނުންކުރި 'އައިޖީއެމްއެޗް މިސްކިތް' މަރާމާތުކުރުމަށް ފަހު މިއަދު ހުޅުވައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

ތަފްސީލު - އައިޖީއެމްއެޗް މިސްކިތް ބަންދުކުރީ ސެޕްޓެމްބަރު 2019ގަ އެވެ. އެ ހޮސްޕިޓަލާ ހަވާލާދީ އޭރު ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ މިސްކިތް ބަންދުކުރީ މިސްކިތާ އިންވެގެން އޮންނަ ހުސް ތަނުގައި ކޮންސްޓްރަކްޝަން މަސައްކަތެއް ކުރަން ޖެހިގެންނެވެ.

ޖަމާއަތުގައި ނަމާދު ކުރަމުންދިޔަ އެ މިސްކިތް ބަންދުކޮށް، އަލުން ނުހުޅުވައި ދިގުލައިގެންދިޔުމަކީ އާންމުންގެ ކަންބޮޑުވުން އޮތް ކަމެކެވެ. އެއީ އައިޖީއެމްއެޗުގެ މުވައްޒަފުންނާއި އެ ހޮސްޕިޓަލުގެ ހިދުމަތް ހޯދާ ގިނަ ބަޔަކު ވެސް ބޭނުންކުރަމުން އައި މިސްކިތެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް