ކ. މާފުށި މަތިން ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ/ޓްރިޕް އެޑްވައިޒާ)

މާރާމާރީ

މާފުށީގައި އެއް ދުވަހާ ދެ މާރާމާރީ؛ ދެ މީހުން ހައްޔަރުކޮށްފި

މިއަދު ފަތިހު ހިންގި މާރާމާރީގައި 34 އަހަރުގެ ފިރިހެނަކަށް އަނިޔާވެގެން މިހާރު ގެންދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން

ކ. މާފުށީގައި މިއަދުގެ ވަގުތެއްގައި ދެ މާރާމާރީއެއް ހިންގާފައިވާ ކަމަށާއި އެ މާރާމާރީތަކާ ގުޅިގެން ދެމީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި ގޮތުގައި މާފުށީގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާވެގެން އުޅޭކަން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ފަތިހު 5:30 ހާއިރު އެވެ. އޭގެ ފަހުން، މިއަދުގެ ވަގުތެއްގައި އަނެއްކާ ވެސް އިތުރު މާރާމާރީއެއް އެރަށުގައި ހިންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން:

  • ފަހުން ހިންގި މާރާމާރީއާ ގުޅިގެން ދިވެހި ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފައި

  • ހައްޔަރު ކުރި ދެ މީހުންނަކީ ފަތިހު ހިންގި މާރާމާރީގައި ވެސް ބައިވެރިވި ބައެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވޭ

ފާހަގަކޮށްލެވޭ - ފަތިހުގެ މާރާމާރީގައި އަނިޔާ ލިބިފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ މީހާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ މާފުށީ ހޮސްޕިޓަލުގަ އެވެ. ނަމަވެސް، އިތުރު ފަރުވާއަށް މާލެ ގެނެސް އޭނާއަށް މިހާރު ފަރުވާ ދެމުންދަނީ ހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލްގަ އެވެ. އޭނާއަށް ލިބުު އަނިޔާތަކުގެ އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް