މެންޗެސްޓަ ސިޓީ، ޗެމްޕިއަންސް ލީގުގެ ތައްޓާ އެކު. މިހާރު ވަނީ ގަދަ އަށަކަށް ދަތުރުކޮށްފައި

ރެއާލް އާއި ސިޓީ ޗެމްޕިއަންސް ލީގުގެ ގަދަ އަށަކަށް ހިނގައްޖެ

ރެއާލް މެޑްރިޑްގެ އަމާޒަކީ ރެކޯޑް އަދަދެއް ކަމަށްވާ 12 ވަނަ ފަހަރަށް ތަށި ހޯދުން. ސިޓީއަށް އޮތީ ޗެމްޕިއަންކަން ދިފާއުކުރުން
7 މާރިޗު 2024

ޗެމްޕިއަންސް ލީގުގެ ގަދަ އަށަކުން ރޭ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަ ސިޓީ އާއި މިހާތަނަށް އެންމެ ގިނަ ފަހަރު އެ މުބާރާތް ކިޔާބުކޮށްފައިވާ ސްޕެއިންގެ ރެއާލް މެޑްރިޑް ޖާގަ ހޯދައިިފި އެވެ.

ސިޓީ މޮޅުވީ އަމިއްލަ ދަނޑުގައި އެފްސީ ކޯޕަންހޭގަންއާ ކުޅެ 3-1 އިންނެވެ. ފުރަތަމަ ލެގުގެ މެޗު ވެސް އެ ޓީމުން ކާމިޔާބުކުރީ އެ ނަތީޖާއިންނެވެ.

އެކަމަކު ސްޕެއިންގެ ވަރުގަދަ ކްލަބް، އަދި މިހާތަނަށް 11 ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރެއާލްއަށް ގަދަ 16ގެ ދެ ހިފުން ވެސް ދިޔައީ ފަސޭހަކޮށެއް ނޫނެވެ. އަމިއްލަ ދަނޑުގައި ޖަރުމަންގެ އާރުބީ ލައިޕްޒިގްއާ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ނަމަވެސް ޖަރުމަންގައި ކުޅުނު މެޗުން 1-0 އިން މޮޅުވެފައި ވާތީ މި ނަތީޖާއިން ވެސް ރެއާލް ގަދަ އަށަކަށް ދެ އެވެ.

ކުރީ ރޭގެ މެޗުތައް ކާމިޔާބުކޮށް ގަދަ އަށަކުން ޖާގަ ހޯދީ ޖަރުމަންގެ ބަޔާން މިޔުނިކް އާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އެވެ.

މި ހަތަރު ޓީމާ ވާދަކުރާނެ ޓީމުތައް ކަނޑައެޅޭނީ އަންނަ ހަފުތާގައި ކުޅޭ ގަދަ 16ގެ ފަހު ހަތަރު މެޗު ނިމުމުންނެވެ. އެއީ އާސެނަލް/ޕޯޓޯ އާއި ބާސެލޯނާ/ނަޕޯލީ އާއި އެތުލެޓިކޯ މެޑްރިޑް/އިންޓަ މިލާން އަދި ބޮރޫޝިއާ ޑޯޓްމުންޑް/ޕީއެސްވީ އެއިންދޯވަންގެ ވާދަކުރުންތަކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް