މުނި އެންޓަޕްރައިސަސްއިން އިމާރާތްކުރި މަސްޖިދް ހަސަން އާދަމް: މިއީ ހުޅުމާލޭ ދެވަނަ ފޭސްގައި ދިރިއުޅޭ މީހުންނަށް ލިބޭނެ އިތުރު ފަސޭހަައެއް (ފޮޓޯ/އިސް

އިސްލާމް ދީން

ހުޅުމާލޭ ފޭސް 2 ގައި ރީތި މިސްކިތެއް، ހުޅުވުން ހުކުރުދުވަހު

މިއީ މުނިހޯމް ހިންގާ މުނި އެންޓަޕްރައިސަސްގެ ފަރާތުން އިމާރާތްކޮށްފައިވާ މިސްކިތެއް
6 މާރިޗު 2024

ހުޅުމާލޭ ފޭސް ދޭއްގައި އަނެއްކާވެސް ރީތި، ޒަމާނީ މިސްކިތެއް އިމާރާތްކޮށް ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހުޅުމާލޭގެ އިރުމަތީ ފަރާތު ބޮޑު މަގަށް ވާ ގޮތަށް ހިޔާ ފްލެޓަށް ވުރެ ދެކުނުގައި ދެ ބުރިއަށް ހަދާފައިވާ މި މިސްކިތަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގެދޮރުގެ ސާމާނު ވިއްކާ މުނި ހޯމްކެއާގެ ވެރިފަރާތް، މުނި އެންޓަޕްރައިސަސްގެ ހަދިޔާއެކެވެ.

އާ މިސްކިތް އިމާރާތްކޮށްދިން މުނި އެންޓަޕްރައިސަސްއަކީ މުނިހޯމްގެ ވެރިފަރާތް (ފޮޓޯ/އިސްލާމިކް އެފެއާޒް މިނިސްޓްރީ)
މި މިސްކިތް ހަދާފައި ވަނީ ދެ ބުރިއަށް (ފޮޓޯ/އިސްލާމިކް އެފެއާޒް މިނިސްޓްރީ)

ތަފްސީލް - އިސްލާމިކް އެފެއާޒް މިނިސްޓްރީން މިއަދު ބުނީ އަންނަ ހުކުރުދުވަހު މަސްޖިދް ހަސަން އާދަމް ހުޅުވާނެ ކަމަށެވެ.

މި މިސްކިތާ ބެހޭ ގޮތުން ހާމަކުރި ބައެއް މައުލޫމާތުތަކުން އެނގޭ ގޮތުގައި؛

  • މިސްކިތުގައި އެއްފަހަރާ 1،500 މީހުންނަށް ނަމާދުކުރެވޭނެ

  • ނަމާދުކުރާ ބައިގެ ބޮޑުމިން: 16،388 އަކަފޫޓު

  • މުޅި މިސްކިތުގެ ބޮޑުމިން: 19،341 އަކަފޫޓު

ހުޅުމާލޭ ފޭސް ދޭއްގައި 2021ގައި ފުރަތަމަ ހުޅުވީ ވެސް އަމިއްލަ ފަރާތަކުން އިމާރާތްކުރި މިސްކިތެކެވެ. މަސްޖިދުލް އަމީލް ޖަލީލް ނިސްބަތްވަނީ 1990ގެ އަހަރުތަކުގެ މެދުތެރޭގައި އަވަހާރަވި އަމީލްއަށެވެ. މިސްކިތް ބިނާކުރީ އޭނާގެ އާއިލާއިންނެވެ.

 މަސްޖިދް ހަސަން އާދަމްގެ އެތެރެ (ފޮޓޯ/އިސްލާމިކް އެފެއާޒް މިނިސްޓްރީ)

މިހާރު 30،000އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ހުޅުމާލޭ ދެވަނަ ފޭސްއަށް އާބާދީގެ ނިސްބަތުން އަދިވެސް މިސްކިތްތައް މަދެވެ. ދެ ފަރާތަކުން ހަދިޔާކުރި ދެ މިސްކިތުގެ އިތުރުން ހިޔާ ފްލެޓްތަައް ކައިރީގައި ވަގުތީ ދެ މިސްކިތް މިވަގުތު އެބަ ހުއްޓެވެ.

 މަސްޖިދް ހަސަން އާދަމް: މި މިސްކިތުގައި އެއްފަހަރާ 1،500 މީހުންނަށް ނަމާދުކުރެވޭނެ (ފޮޓޯ/އިސްލާމިކް އެފެއާޒް މިނިސްޓްރީ)
މި މިސްކިތް ހަދާފައި ވަނީ އިސްލާމީ ތަމްސީލްވާ ގޮތަށް (ފޮޓޯ/އިސްލާމިކް އެފެއާޒް މިނިސްޓްރީ)

އިތުރު އާޓިކަލް

އިތުރު އާޓިކަލް