ވިލާ ކޮލެޖުން ވާވޭ އާއެކު އެއްބަސްވުމެއް އެކުލަވާލުން (ފޮޓޯ/ވިލާ ކޮލެޖު)

ވިލާ ކޮލެޖު

ވިލާ ކޮލެޖުން ވާވޭ އައިސީޓީ އެކަޑަމީއާ އެކު އެއްބަސްވުމެއް

މި އެއްބަސްވުމުގެ ދަށުން ވިލާ ކޮލެޖުގައި ސްމާޓް ކްލާސްރޫމުތައް ގާއިމް ކުރާނެ

ވިލާ ކޮލެޖުން ވާވޭ އައިސީޓީ އެކަޑަމީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - ވިލާ ކޮލެޖަށް އައިސީޓީ ދާއިރާ އިން ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ހޯދުމުގެ އެއްބަސްވުމުގައި

  • އެ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ރެކްޓާ ޑރ. އަހުމަދު އަންވަރު

  • ވާވޭ އައިސީޓީ އެކެޑެމީގެ ފަރާތުން ސޮއިކުރެއްވީ ވާވޭ މޯލްޑިވްސްގެ ހެޑް ޗެން ކެޔަންގް

ތަފްސީލް - މި އެއްބަސްވުމުގެ ދަށުން ވިލާ ކޮލެޖުގައި ސްމާޓް ކްލާސްރޫމުތައް ގާއިމް ކުރާނެ އެވެ. މި ކްލާސްތޫމުތަކާ އެކު ތައުލީމް ފޯރުކޮށްދިނުމާއި އުނގެނުމަށް ޒަމާނީ އަދި ކުރިއަރާފައިވާ މާހައުލެއް ގާއިމް ކުރެވޭނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

ވިލާ ކޮލެޖުން ބުނީ ސްމާޓް ކްލާސްރޫމުތަކާ އެކު އެ ކޮލެޖުގެ ދަރިވަރުން ކިޔެވުމަށް އިތުރަށް ޝައުވެރިވާނެ ކަމަށާއި ކުދިންގެ ކިޔެވުމަށް ހެޔޮ އަސަރު ކުރާނެ ކަމަށެވެ.

  • ކޮލެޖުގައި ކިޔަވައިދޭ މުދައްރިސުންނަށް ކިޔަވައިދިނުމަށް އިތުރު ވަސީލަތްތައް ލިބުމަށް މަގުފަހިވެ ވަގުތާއި ހަރަދު ވެސް ސަލާމަތް ވެގެން ދާނެ

  •  ވިލާ ކޮލެޖުން އަބަދު ވެސް އިސްކަން ދެނީ ތައުލީމް ފޯރުކޮށްދިނުމުގައި ޒަމާނީ އާ ގޮތްތައް ހޯދުމަށް ކަމަށް އެ ކޮލެޖުން ބުނި

  • މި އެއްބަސްވުމާ އެކު ވާވޭ އެކަޑެމީއާ ގުޅިގެން ޒަމާނީ އާ އީޖާދުތައް ވިލާ ކޮލެޖުގައި ގާއިމްކުރުމަށް މަސައްކަތް ކުރާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް