އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް (ފޮޓޯ/އެންވަޔަރަމަންޓް މިނިސްޓްރީ)

ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދެނީ ރޭވުންތެރިކަމެއް ނެތި: ތޯރިގު

ތޯރިގު ވިދާޅުވީ ރަށްރަށުގައި އެވަރެޖުކޮށް %20ގެ ޑިސްޓްރިބިއުޝަން ލޮސް އެބަހުރި ކަމަށް. ޑިސްޓްރިބިއުޝަން ލޮސް ބޮޑުވުމުން ވަރަށް ބޮޑު ހަރަދެއްގެ ތެޔޮ ބޭކާރުވޭ

ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ނިޒާމުތައް ގާއިމުވެފައި ހުރީ އެއްވެސް ރޭވުންތެރިކަމެއްނެތި ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީން ކުރަމުންދާ ތިން މަސައްކަތެއްގެ ތަފްސީލުތައް ހިއްސާކުރެއްވި އެވެ. އެއީ:

  • ރަށްރަށުގެ ކުނި މެނޭޖުކުރުމަށް ގައުމީ މަޝްރޫއުގެ ތާވަލު އެކުލަވާލައި ތަންފީޒުކުރަން ފެށުން 

  •  ގޭބިސީތަކުގެ ކަރަންޓު ހަރަދު ކުޑަކުރުމަށާއި ތެލުން އުފައްދާ ކަރަންޓު މަދުކުރުމަށް ސޯލާ ޕެނަލް ހަރުކުރުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދިނުން

  •  ތިމާވެއްޓާ ރަށްޓެހި ގޮތަށް ކުނި ނައްތާލުން

ތަފްސީލް - މިނިސްޓްރު ތޯރިގު ވިދާޅުވީ ތެލުން އުފައްދާ ކަރަންޓް ރާއްޖޭގައި ބޭނުންކުރުން މަދުކޮށް، ގޭބިސީތަކުގެ ކަރަންޓް ބިލު ކުޑަކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން، ގޭގޭގައި ސޯލާ ޕެނަލް ހަަރުކުރުމުގެ ފުރުސަތު އާންމުނަށް އިތުރަށް ފަހިކޮށްދިނުމަށް 'މަގޭ ސޯލާ' ޕެނަލެއް ޕްރޮގްރާމެއް އެކުލަވަލާައި މިދިޔަ 28 ނޮވެމްބަރުގައި އިފްތިތާހުކޮށްފައިވާ ކަމަށް ވިދާޅުވި އެެވެ.

އަދި، ކަރަންޓް ބިލަށް ކުރާ ހަރަދު ކުޑަކުރުމަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފެދޭނެ މިންވަރު އިތުރުކުރުމަށް މަގުފަހިކޮށް ދިނުމުގެ ގޮތުން އެކަމާ ގުޅޭ ސިޔާސަތުތައް އަލުން ރިވިއުުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ގިނަ ނިޒާމުތަކަކީ އެއްވެސް ރޭވުންތެރިކަމެއްނެތި އެއިރެއްގެ ބޭނުމަށް ފުދޭނެ ގޮތަށް ގާއިމުކުރެވިފައިވާ ނިޒާމުތަކެއް. އެހެންކަމުން ކޮންމެ ރަށެއްގައި ވެސް އެކި އުމުރުގެ އެކި ސައިޒުގެ ކޭބަލާއި ޖަނަރޭޓަރު ބެހެއްޓިފައި އެބަހުރި. މީގެ ސަަބަބުން ކަރަންޓު އުފައްދަމުންދަނީ އެންމެ އެފިޝިއަންޓު ގޮތެއްގައި ނޫންކަން ވެސް ފާހަގަކުރެވޭ،" ތޯރިގު ވިދާޅުވި އެވެ.

ރާއްޖޭގެ ކަރަންޓުގެ ހާލަތު ސާފުކޮށްދެއްވަމުން އޭނާ އިތުރަށް ވިދާޅުވީ:

  • އެވަރެޖުކޮށް ރަށެއްގައި %20ގެ ޑިސްޓްރިބިއުޝަން ލޮސްއެއް އެބަހުރި މިހާރު

  • މި ޑިސްޓްރިބިއުޝަން ލޮސް މިހާ ބޮޑަށް ހުރީމަ ވަރަށް ބޮޑު ހަރަދެއްގެ ތެޔޮ ބޭކާރުވެގެންދޭ

  • ރާއްޖެއަށް މިވަގުތު ތެޔޮ އެތެރެކުރަން ޖީޓީޕީގެ %13.5 ހަރަދު ކުރޭ

  • އިލެކްޓްރިކް ސަބްސިޑީގެ ގޮތުގައި އަހަރަކު 3 މިލިއަން ރުފިޔާ ހޭދަކުރޭ

އޭނާ އިތުރަށް ވިދާޅުވީ، އަވިން ކަރަންޓު އުފެއްދުން އިތުރުކުރުމާ އެކު، ކަރަންޓުގެ ހިދުމަތް ކުޑަކުރުމަށް ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން ގަވާއިދާއި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް