މެދު ރާއްޖެތެރެއަށް ކުރައްވާ ދަތުރުފުޅުގައި ފުރައިވަޑައިގަތުމަށް ރައީސް މުއިއްޒު އެއާޕޯޓުގައި (ފޮޓޯ/ރައީސް އޮފީސް)
ރައީސް މެދު ރާއްޖެތެރޭގެ 3 އަތޮޅަކަށް ފުރާވަޑައިގެންފި
މެދު ރާއްޖެތެރޭގެ ތިން އަތޮޅަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް މުހައްމަދު މުއިިއްޒު މިއަދު ފުރާވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުން ބުނީ ވ. އަތޮޅުގެ އިތުރުން މ. އަތޮޅާއި ދ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ކުރައްވަނީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ.
ތަފްސީލް - ރައީސް މި އަތޮޅުތަކުގެ އަތޮޅު ކައުންސިލްތަކާ ބައްދަލު ކުރައްވާނެ ކަމަށާއި ވީހާވެސް ގިނަ ރަށެއްގެ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީތަކާ ވެސް ބައްދަލު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ގުޅުންހުރި - ކައުންސިލްތަކާ ބައްދަލު ކުރައްވައި ރަށްރަށުގެ ތަރައްގީ އަށް ކުރަން ހުރި މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ރާއްޖޭގެ ދެކުނަށާއި އުތުރުގެ އަތޮޅުތަކަށް ވަޑައިގެންފަ އެވެ.
-
އެމަނިކުފާނު މިހާތަނަށް 121 ކައުންސިލާ ބައްދަލު ކުރައްވާފައިވޭ
-
ރައީސްގެ އަމާޒަކީ މި ފަސް އަހަރު ތެރޭ މަދުވެގެން ދެ ފަހަރު ރާއްޖޭގެ ރަށްތަކަށް ޒިޔާރަތް ކުރެއްވުން