ރ. އަދި ބ. އަތޮޅު ދަތުރުފުޅަށް ފަހު ރައީސް މުއިއްޒު މާލެ ވަޑައިގަތުން (ފޮޓޯ/ރައީސް އޮފީސް)

ރ. އަދި ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

މި ދަތުރުފުޅުގައި ރ. އަތޮޅުގެ5 ރަށަކަށް އަދި ބ. އަތޮޅުގެ4 ރަށަކަށް ވަޑައިގެންނެ

ރައީސް މުހައްމަދު މުއިއްޒު ރ. އަދި ބ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅަށްފަހު މިރޭ މާލެ ވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ހޮނިހިރު ދުވަހު ރައީސް ފެއްޓެވި ދަތުރުފުޅުގައި ރ. އަތޮޅުގެ5 ރަށަކަށް އަދި ބ. އަތޮޅުގެ 4 ރަށަކަށް ވަޑައިގެންނެވި އެވެ.

ތަފްސީލް - ރައީސްގެ މި ދަތުރުފުޅުގައި ރ. އަތޮޅު ކައުންސިލާއި ބ. އަތޮޅު ކައުންސިލާ ބައްދަލު ކުރައްވާ އަތޮޅުގެ ތަރައްގީ އަށް ކުރަން ހުރި މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި އެވެ.

މީގެ އިތުރުން

  • މި ދެއަތޮޅުގެ ބައެއް ރަށު ކައުންސިލްތަކާ ބައްދަލު ކުރެއްވި

  • އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކާ ބައްދަލު ކުރެއްވި

ގުޅުން ހުރި - ރައީސް އޮފީހުން ބުނީ ރައީސްގެ އަމާޒަކީ މި ދައުރުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މަދުވެގެން ދެފަހަރު ޒިޔާރަތް ކުރެއްވުން ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް