ޗަައިނާ އިން ރާއްޖެ އަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިިކުރުން (ފޮޓޯ/ޑިފެންސް މިނިސްޓްރީ)

ރާއްޖެ-ޗައިނާ

ޗައިނާއިން ރާއްޖެއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވުމެއް

މި އެއްބަސްވުމުގެ ތަފްސީލެއް ޑިފެންސް މިނިސްޓްރީ އިން ހާމައެއް ނުކުރޭ

ޗައިނާ އިން ރާއްޖެ އަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - ޑިފެންސް މިނިސްޓްރީ އިން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ އަސްކަރީ ދާއިރާ އިން ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަށް ޗައިނާ އިން ރާއްޖެ އަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

ޗަައިނާ އިން ރާއްޖެ އަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިިކުރުން (ފޮޓޯ/ޑިފެންސް މިނިސްޓްރީ)

ތަފްސީލް - އެއްބަސްވުމުގައި ސޮއިކުރެއްވީ:

  • ދިވެހި ސަރުކާރުގެ ފަރާތުން ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން

  • ޗައިނާގެ ފަރާތުން، މިހާރު ރާއްޖެ ވަަޑައިގެން އުޅުއްވާ އެ ގައުމުގެ ޑެޕިއުޓީ ޑިރެކްޓާ އޮފް ދަ އޮފީސް ފޯ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަންގެ މޭޖާ ޖެނެރަލް ޖަންގް ބައޮކުއަން 

މި އެއްބަސްވުމުގެ ތަފްސީލެއް ޑިފެންސް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ފާހަގަ ކުރެވޭ ކަމެއް - މިހާރުގެ ސަރުކާރު ފާހަގަ ކުރެވެނީ ޗައިނާއާ އެކު ގާތް ގުޅުމެއް ބާއްވާ ސަރުކާރެއްގެ ގޮތުގަ އެވެ. ރައީސް މުހައްމަދު މުއިއްޒު މިދިޔަ ޖެނުއަރީ މަހު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް އެމްއޯޔޫ ތަކުގައި ވަނީ ސޮއިކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް