މަޖީދީ މަގު އިބްރާހިމް މިސްކިތް ކައިރީ ހުރި ގެއެއްގައި މިއަދު އަލިފާން ރޯވެފައި

މަޖީދީ މަގު ގެއެއްގައި ރޯވި އަލިފާން ސިފައިން ނިއްވާލައިފި

އަލިފާންގަނޑު ރޯވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މިހާރު ވަނީ އެއްކޮށް ނިއްވާލާފައި

މަޖީދީމަގު އިބްރާހިމް މިސްކިތް ކައިރި ހުރި އިމާރާތެއްގެ މަތީގައި ރޯވި އަލިފާން ސިފައިން ނިއްވާލައިފި އެވެ. 

ވީ ކިހިނެއް؟ - އެ ސަރަހައްދުގައި ހުރި ގެއެއްގައި ރޯވެގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ޓީމުތައް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުން ދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ތަފްސީލް - އެމްއެންޑީއެފުން އިތުރަށް ބުނި ގޮތުގައި:

  • އަލިފާން ގަނޑު މިހާރު ވަނީ ކޮންޓްރޯލްކޮށްފައި

  • އަލިފާން ރޯވެގެން މީހަކަށް އަނިޔާވިކަން އަދި އެނގިފައެއް ނެތް

އިބްރާހިމް މިސްކިތް ކައިރީ ހުރި އިމާރާތުގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ހަރަކާތްތެރިވަނީ.
އިބްރާހިމް މިސްކިތް ކައިރީ ހުރި އިމާރާތުގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ހަރަކާތްތެރިވަނީ.

ތަފްސީލް - އެ ސަރަހައްދުން ކުރިން ދުން އަރަމުން ދިޔަ ނަމަވެސް، މިހާރު ދުން އެރުން ހުއްޓިފައިވާ ކަމަށް އެ ސަރަހައްދުގައި އުޅޭ މީހުން 'ދައުރު'އަށް ބުންޏެވެ. އަލިފާން ރޯވި ގެއަކީ ހަނި ގޯޅިގަނޑެއްގެ ތެރޭގައި ހުންނަ ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅޭ ގެއެކެވެ. 

މި ހާދިސާއާ ބެހޭ އިތުރު ތަފްސީލް އަދި އެމްއެންޑީއެފް އިން ނުދެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް