ކަނޑުމަތިން އޮޔާ ދިޔަ ޑައިވަރުން ފުލުހުން ސަލާމަތް ކުރަނީ

އޮޔާ ދިޔަ 13 ޑައިވަރުން ފުލުހުން ސަލާމަތްކޮށްފި

ސަފާރީއަކުން ފީނަށް ފައިބައިގެން އުޅެނިކޮށް ކަނޑުވި މީހުންގެ ތެރޭގައި ހިމެނެނީ ރަޝިޔާގެ 10 ޓޫރިސްޓުންނާއި ތިން ދިވެހިން

އޮޔާ ބެހިގެން ދިޔަ 13 ޑައިވަރުންގެ ޓީމެއް ފުލުހުން މިއަދު ސަލާމަތްކޮށްފި އެވެ.

ވީ ކިހިނެއް؟- ފުލުހުން މިއަދު ބުނީ ޏ. ފުވައްމުލަކުން ފުރައިގެން ގދ. އަތޮޅަށް ދަތުރު ކުރި ފުލުހުންގެ ލޯންޗަކަށް އެންމެ ފުރަތަމަ ފެނުނީ، ގދ. ގަން ކައިރިން އޮޔާ ދިޔަ ދެ ޑައިވަރުން ކަމަށެވެ. އެކަމަކު އިތުރަށް ބެލުމުން، ބެހުނު މީހުންގެ ތެރޭގައި އިތުރު މީހުން ވެސް ހިމެނޭކަން އެނގުނު ކަމަށް ބުންޏެވެ.

އެނގިފައިވާ ގޮތުގައި މިއީ ސަފާރީއަކުން މޫދަށް ފޭބި ބައެކެވެ. ނަމަވެސް ފޭބީ ކޮން ހިސާބަކަށް ކަމާއި ފުލުހުންނަށް އެ މީހުން ފެނުނީ ކަނޑުވެގެން އުޅޭތާ ކިހާ އިރެއް ފަހުންކަން ވެސް އަދި ނޭނގެ އެވެ.

ފުލުހުން ބުނިގޮތުގައި:

  • މީހުން ހޯދަން ފެށި އޮޕަރޭޝަނުގައި، އިތުރު މީހުން ވަނީ ފެނިފައި. ޖުމްލަ 13 މީހުން ފުލުހުން ސަލަމާތްކުރި

  • އެއީ ރަޝިއާގެ ދިހަ މީހުންނާއި ތިން ދިވެހިން

  • އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވޭ

އޮޔާ ދިޔަ ޑައިވަރުން، ބައެއް ފުލުހުންނާ އެކު ފޮޓޯއަކަށް ހުއްޓިގެން

ފުލުހުން ބުނިގޮތުގައި މީހުން ސަލާމަތްކޮށްގެން ގެންދިޔައީ ގައްދުއަށެވެ.

އޮޔާ ދިޔަ މީހުން ހޯދަން ފުލުހުން އަވަސް ފިޔަވަޅުތަކެއް ނޭޅި ނަމަ ހީނުކުރާވަރުގެ ބޮޑު ހާދިސާއަކަށްވުން އެކަށީގެންވެ އެވެ.

ފުލުހުން ވަނީ މޫދަށް އެރޭ މީހުންނާއި ޑައިވަރުން، މޫސުމާއި އޮއެވަރަށް ބެލުމަށް އިރުޝާދު ދީފަ އެވެ. އަދި މޫދަށް އެރޭއިރު ސަލާމަތީ އާލަތްތައް ހިފައިގެން ދިޔުމަށް ވެސް އިރުޝާދު ދީފައި ވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް