މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެމްބަރު އީސަ ވާހަކަ ދައްކަވަނީ. (ފޮޓޯ/އެމްޑީޕީ)

އެމްޑީޕީ

އިންތިހާބަށް ނުފޫޒު ފޯރުވަން ޕީއެންސީން ސަރުކާރު މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކާ ކަމުގެ ތުހުމަތު

ސަރުކާރު ނިސްބަތްވާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓުންނާ އެކު ކެމްޕޭނަށް ނުކުމެ ސިޔާސީ އެކި ހަރަކާތްތަކުގައި ބައިވެރިކުރަން މަޖުބޫރުކޮށް، އެކަންކަން ނުކޮށްފިނަމަ ވަޒީފާއިން ވަކިކުރަމުންދާ ކަމަށް އެމްޑީޕީއިން ވަނީ ތުހުމަތުކޮށްފައި
29 ފެބްރުއަރީ 2024
1

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކައިގެން މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވަން ސަރުކާރު ނިސްބަތްވާ ކޮންގްރެސް ޕާޓީ (ޕީއެންސީ)އިން މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީއިން ބުނެފި އެވެ.

ބުނީ ކީކޭ؟ - އެމްޑީޕީގެ 'މިސްރާބު ހަމަމަގަށް' މަޖިލިސް ކެމްޕޭންގެ ތަރުޖަމާނު، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީއިން އިންތިހާބަށް ނުފޫޒު ފޯރުވަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަނީ ތުހުމަތުކުރައްވައިފަ އެވެ.

އެގޮތުން، އީސާ ވިދާޅުވީ "ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކޮށްގެން ސަރުކާރު ނިސްބަތްވާ ޕާޓީގެ ކެންޑިޑޭޓުންގެ ފަހަތުގައި ކެމްޕޭނަށް ނުކުތުން، ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވުން" ފަދަ ކަންކަން ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އެކަންކަން ނުކުރާ ކަމަށްވާނަމަ ވަޒީފާ ދަށްކުރާނެ ކަމުގެ އިންޒާރު އެބަދޭ. ދުރު އަތޮޅުތަކަށް ޓްރާންސްފާ ކުރާނެކަމުގެ އިންޒާރު އެބަދޭ. އެ އިންޒާރުތަކަށް ވެސް ނުގުޑާ މީހުން ވަޒީފާއިން ވަކިކުރަމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.

ތަފްސީލު - އީސާ ވިދާޅުވީ މިހާރު ވެސް ރަށެއްގައި ސްޓޭޝަން މެނޭޖަރަކަށް މަސައްކަތް ކުރި މުވައްޒަފަކު މަގާމު ދަށްކޮށް، އެއް މަސް ދުވަސް ވަންދެން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑުކޮށްފައި ބެހެއްޓުމަށް ފަހު ވަޒީފާއިން ވަކިކުރި ކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ކަމަށެވެ.

އެއީ ކުޑަ މުސާރައެއް ލިބޭ މީހެއް ނަމަވެސް، ބޮޑު މުސާރައެއް ހިނގާ ގޮތަށް ތިއްބަވާ ތިން ސްޓޭޓް މިނިސްޓަރަކު މުސާރަ ހިނގާ ގޮތަށް ސަސްޕެންޑުކޮށްފައި ތިބޭތާ ގާތްގަނޑަކަށް ދެ މަސް ވާން ކައިރިވެފައިވާ ކަމަށް އީސަ ވިދާޅުވި އެވެ.

"[ސަސްޕެންޝަންގައި] ބައިތިއްބައިގެން ކެމްޕޭން އޮފީސް ހިންގުމުގެ މަސައްކަތް އެ ބޭފުޅުން ލައްވާ ކުރައްވަނީ،" އީސާ ވިދާޅުވި އެވެ.

"ދައުލަތުގެ މުދަލާއި ފައިސާއަށް ވެސް އެ ގެންދަވަނީ ހިޔާނަތްތެރިވަމުން. މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެ ގެންދަވަނީ ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މުވައްޒަފުންނަށް ބިރުދައްކަމުން."

ކޮމެންޓް (1)

އަޅި އަލީ

29 ފެބްރުއަރީ 2024
ގެވެށި އަނިޔާ ކޮށް ގެން ބިރު ނުދައްކަންތަ!
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް