ވަކީލު އަބްދުލްހަކީމް މުހައްމަދު ރަޝާދު

ގާނޫނީ ވަކީލުން

ރާއްޖޭގެ އެންމެ ދުވަސްވީ ވަކީލު އަބްދުލްހަކީމް މުހައްމަދު ރަޝާދު އަވަހާރާވެއްޖެ

އޭނާ އަވަހާރާވީ ކެންސަރުގެ އަލާސްކަންފުޅެއްގައި އުޅުއްވުމަށްފަހު މިއަދުގެ ވަގުތެއްގައި

ރާއްޖޭގެ އެންމެ ދުވަސްވީ ވަކީލުންގެ ތެރޭގައި ހިމެނޭ އަބްދުލްހަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ އެވެ. 

ވީ ކިހިނެއް؟ - 'ދައުރު' އަށް އެނގިފައިވާ ގޮތުގައި އޭނާ އަވާހާރާވީ، ކެންސަރުގެ އާލާސްކަންފުޅެއްގައި އުޅުއްވުމަށް ފަހު އެވެ. އަވާހާރާވި އިރު އުމުރުން 80 އަހަރެވެ.

އޭނާގެ ކަށުނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށް ފަހު މަސްޖިދުލް ފުރުގާން މިސްކިތުގަ އެވެ. މޫނު ބެލުމުގެ ކަންކަން ކުރިއަށްދަނީ ހުޅުމާލެ ސަހަރާގަ އެވެ.

އެނގުން މުހިންމު - އަބްދުލްހަކީމް މުހައްމަދު ރަޝާދަކީ މިވަގުތު ދުނިޔޭގައި ހުންނެވި އެންމެ ދުވަސްވީ ގާނޫނީ ވަކީލެވެ. އޭނާއަށް ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިވަަޑައިގެންފައިވަނީ 1980 ގެ އަހަރުތަކުގަ އެވެ.

އަބްދުލްހަކީމް މުހައްމަދު ރަޝާދު ވަނީ މާލޭ ކޯޓުތަކުގެ ގާޒީކަން ވެސް ކުރައްވާފައި އެވެ. ޝަރުއީ ދާއީރާގައި އެ މަނިކުފާނުގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ބޭބޭފުޅު އިލިޔާސް އިބްރާހިމްގެ މައްޗަށް މައުމޫންގެ ސަރުކާރުގައި އޭޖީ އޮފީހުން އުފުލި ހިޔާނާތުގެ ދައުވާތަކުގައި އިލިޔާސް ދިފާއީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވުމެވެ. އޭނާގެ ގައިރު ހާޒިރުގައި އަބްދުލްހަކީމް މުހައްމަދު ރަޝާދު ކޯޓަށް ވަޑައިގެން ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކޮށްލެވެ އެވެ. 

އިލިޔާސް އިބްރާހިމްގެ މައްޗަށް އެ ދުވައުވާތައް އުފުލީ މައުމޫންގެ ސަރުކާރުގެ ޓްރޭޑް އެންޑް އިންޑަސްޓްރީ މިނިސްޓްރީގެ އަދި ސިފައިންގެ ވެރިޔާގެ ނައިބުގެ މަގާމުގަ ހުންނަވަނިކޮށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް