އަންހެން ސާފަރުން ރާޅުގަނޑުގައި. (ފޮޓޯ/މޯލްޑިވްސް ސާފިން އެސޯސިއޭޝަން)

މޯލްޑިވިއަން

ސާފިން ބޯޑު އުފުލަން ނަގާ ފީ މޯލްޑިވިއަން އިން ކުޑަ ކޮށްފި

ސާފިން ބޯޑަށް ނަގާ އަގު ކުޑަކޮށްދޭނެ ކަމަށް ރައީސް މިިދިޔަ ހަފްތާގައި ވަނީ ވިދާޅުވެފައި؛ މިއަދުވަނީ ބޮޑު ސާފިން ބޯޑެއްގެ ފީ 33%އަށް ކުޑަކޮށް، ކުޑަ ސާފިން ބޯޑެއްގެ ފީ 66%އަށް ކުޑަކޮށްފައި

ރާޅާ އެޅުމަށް ބޭނުންކުރާ ސާފިން ބޯޑަށް ނަގާ އަގު މޯލްޑިވިއަން އިން މިއަދު އަގު ހެޔޮ ކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު މޯލްޑިވިއަން އިން ކުރި އިއުލާނެއްގައި ވަނީ، ސާފިން ބޯޑަށް އެ އެއާލައިން އިން ނަގާ ފީ ކުޑަކޮށްފައިވާކަން އާންމުކޮށްފަ އެވެ.

އެގޮތުން ގެނެސްފައިވާ ބަދަލަކީ:

  • ބޮޑު ސާފިން ބޯޑަަކަށް ނަގާ ފީ %33 އަގު ހެޔޮ ކުރުން

  • ކުޑަ ސާފިން ބޯޑަަކަށް ނަގާ ފީ %66 އަގު ހެޔޮ ކުރުން

ފީ ކަނޑައަޅާއިރު، ބޮޑު ސާފިން ބޯޑުގެ ގޮތުގައި ބަލަނީ، ދިގު މިނުގައި 86 އިންޗި، ފުޅާ މިނުގައި 24 އިންޗި ހުންނަ، އަދި ބޯމިނުގައި 6-10 އިންޗި ހުންނަ ބޯޑެވެ. ކުޑު ސާފިން ބޯޑުގެ ގޮތުގައި ބަލަނީ، ދިގު މިނުގައި 86 އިންޗި، ފުޅާ މިނުގައި 24 އިންޗި ހުންނަ، ނަމަވެސް ބޯމިނުގައި 5 އިންޗި ހުންނަ ބޯޑެވެ.

އެނގުން މުހިންމު - މޯލްޑިވިއަންއިން ސާފިން ބޯޑަށް ނަގާ ފީ ކުޑަކޮށްފައި މިވަނީ، އެކަމަށް ނަގާ ފީ ބޮޑު ކަމުގެ ޝަކުވާ ރައްޔިތަކު ރައީސްގެ އަރިހުގައި ކޮށްފައިވަނިކޮށެވެ.

ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސީދާ ރައީސްއާ ސުވާލުކުރުމަށް ސަރުކާރުންދޭ ފުރުސަތުގައި، ގދ. ގައްދޫ، ފެހިވިނަ، މިދިޔަ ބުދަ ދުވަހު ވަނީ، ރާޅާއެޅުމަށް ފަތުރުވެރިން ބޭނުންކުރާ ސާފިން ބޯޑު ރަށްރަށަށް ގެންނަން އެއާލައިންތަކުން 800 ޑޮލަރުގެ ބޮޑު ފީއެއް ނަގާ ކަމުގެ ޝަކުވާ ރައީސްއާ ހިއްސާކުރައްވާފަ އެވެ. 

އެކަމަށް ހައްލެއް ހޯދަވައިދެއްވުމަށް އެދިވަޑައިގަތުމުން އެދުވަހު ރައީސް ވަނީ، މޯލްޑިވިއަން އިން އެކަމަށް ނަގާ ފީ ލުއިކޮށްދިނުމަށް މަސައްކަތް ކޮށްދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް