ކްރިމިނަލް ކޯޓު ކައިރީގައި ފުލުހުން ހަރާކަތްތެރިވަމުން ދަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ކްރިމިނަލް ކޯޓު

ދެ ފަނޑިޔާރަކާއި ފުލުހުންނަށް އިންޒާރު ދިން 2 މީހަކު ހައްޔަރު ކޮށްފި

އެ ދެ މީހުންނަކީ މީހުންނަށް އިންޒާރުދިނުމުގެ ކުށުގެ ރެކޯޑު އޮންނަ ދެ މީހުން ކަަމަށް ކޯޓު އަމުރުގައިވޭ

ދެ ފަނޑިޔާރަކާއި ފުލުހުންނަށް އިންޒާރުދިން ދެ މީހަކު މިއަދު ހައްޔަރު ކޮށްފި އެވެ.

ވީ ކިހިނެއް؟ - މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ:

  • ނަބާހް ބުންޔާމީން އަބްދުލްކަރީމް، މ. ސްލީޓްވިލާ/ކ.މާލެ (22އ)

  • މުހައްމަދު އަޒްހާން އިސްމާއިލް، ހުޅުމާލެ ގޯތި ނަންބަރު 11399 (32އ)

އެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން އެ މީހުންނަކީ އެފަދަ މައްސަލަތަކުގެ ރެކޯޑު އޮންނަ ދެ މީހުންނެވެ.

ތަފްސީލް - ދެ ފަނޑިޔާރަކަށް އިންޒާރު ދިނުމުގެ ތުހުމަތުގައި ހައްޔަރުކުރަން ސީންއަށްދިޔަ ފުލުހުންނަށް ވެސް އެ މީހުން އިންޒާރުދީފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ. އަދި، ކުށުގެ ތުހުމަތުކުރެވޭ ވަަރުގެ އެކަށީގެންވާ ހެކި ހުށަހަޅާފައިވާ ކަމަށް އަމުރުގައިވެ އެވެ.

މި މައްސަލާގައި ނަބާހުގެ ބަންދަށް 15 ދުވަސް މިއަދު ޖަހާފައިވެ އެވެ. އަދި، އަޒްހާންގެ ބަންދަށް ޖަހާފައިވަނީ ފަސް ދުވަހެވެ.

ކޮމެންޓް (1)

އިއްސެ

2 މާރިޗު 2024
ހައްޔަރުކުރީ ކޮން 2 ފަނޑިޔާރުންކަމެއް ހަބަރަކުން ނޭގޭ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް