ލ. ގަން: މަރުވެފައި އޮތް މީހާ ފެނުނީ މަތިމަރަދޫ އަވަށުގެ އަތިރިމަތިން

ލ. ގަން

ލ. ގަމު އަތިރިމަތީގައި ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

އެއީ 86 އަހަރުގެ ދިވެހި ފިރިހެނެއް؛ އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި
24 ފެބްރުއަރީ 2024

ލ. ގަމުގެ އަތިިރިމަތީގައި މަރުވެފައިވާ އޮތް އުމުރުން ދުވަސްވީ ފިރިހެނެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު މީޑިއާތަކަށް ބުނީ ގަމު ގޮނޑުދޮށުގައި ހަބަރު ހުސްވެފައިވާ މީހެއްގެ ހަށިގަނޑު އޮތް ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުނީ މިއަދު 12:15 ހާއިރު ކަމަށެވެ. އެގޮތުން:

  •  އެމީހާ ފެނުނީ ގަމު މަތިމަރަދޫ ފޮއްތޭ ހަޓް އިރުމަތީ ފަރާތުން

  • އެއީ 86 އަހަރުގެ ދިވެހި ފިރިހެނެއް

  • އޭނާ ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން މައުލޫމާތު ދިން

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދިން ނަމަ ވެސް ފުލުހުން ބުނީ އެ ރިޕޯޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް