ދައުލަތުގެ ބަޖެޓާ ގުޅޭ މަސައްކަތްތަކުގައި އެންމެ އިިސްކޮށް އުޅުއްވި ސަރުވަޝް އާދަމް. (ފޮޓޯ/ފިނޭންސް މިނިސްޓްރީ)

ބަޖެޓު މަސައްކަތުގައި އިސްކޮށް އުޅުއްވި ސަރުވަޝް މަގާމުން އިސްތިއުފާ ދެއްވައިފި

އޭނާ ވަނީ 9 އަހަރަށް ވުރެ ގިނަ ދުވަހު ފިނޭންސް މިނިސްޓްރީއަށް ހިދުމަތް ކޮށްދެއްވާފައި
23 ފެބްރުއަރީ 2024
2

ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް މަގާމުން އިސްތިއުފާ ދެއްވައި، މިނިސްޓްރީއިން ވަކިވެވަޑައިގެންފި އެވެ.

ތަފްސީލު - ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީީބީ) އިން އިއްޔެ 'އެކްސް'ގައި ބުނީ ނުވަ އަހަރަށް ވުރެ ދިގު މުއްދަތަކަށް ސަރުވަޝް ފިނޭންސް މިނިސްޓްރީއަށް ހިދުމަތް ކޮށްދެއްވާފައިވާ ކަމަށެވެ.

ސަރުވަޝް މިއަދު 'ދައުރު'އަށް ވިދާޅުވީ އޭނާ އިސްތިއުފާ ހުށަހެޅުއްވީ މިދިޔަ މަހުގެ ތެރޭގައި ކަމަށެވެ. އަދި ނޯޓިސްގެ މުއްދަތަށް ފަހު ރަސްމީކޮށް އެ މިނިސްޓްރީން ވަކިވާނީ މި މަހު 29ގައި ކަމަށް ވެސް ސަރުވަޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ވަގުތަށް ދެން މަސައްކަތް ކުރައްވާނީ ޕްރައިވެޓް ސެކްޓަރުގައި ކަމަށެވެ.

މިނިސްޓްރީގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި އިރު ސަރުވަޝް ހުންނެވީ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވްގެ އިތުރުން ފިސްކަލް އެފެއާޒް ޑިޕާޓްމަންޓުގެ ހެޑްގެ މަގާމުގަ އެވެ.

އޭނާ ވަނީ މީގެ ކުރިން މީރާގެ ޗެއާޕާސަންގެ މަގާމާއި އެ އިދާރާގެ އެހެނިހެން ބައެއް އިސް މަގާމުތައް ވެސް ފުރުއްވާފަ އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ވެސް ސަރުވަޝް މަގާމުން އިސްތިއުފާ ދެއްވި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.

ކޮމެންޓް (2)

ބަޖެޓް

24 ފެބްރުއަރީ 2024
ތިވާނީ މޑޕ މީހަކަށް. ހިތުން ތިމާ ނެތީމާ ސަރުކާރުގެ މަސައްކަތް ނުކުރެވޭނެކަމަސް ބޮޑާހާކަނީ ކަމަށްވެސް ވެދާނެ. މިދިވެހިންގެ އުނި ސިފައަކީ ތިމާގެ ގައުމު ކުރިއަރުވަން ނޫޅެ، ގާތަށް ބޮޑުވާގޮތް އަބަދުވެސް ބަލަނީ.
0 1

ހހހހހހހހ

26 ފެބްރުއަރީ 2024
@ބަޖެޓް ނޫނެ. މިއީ ސަރުކާރުން ހަދާގޮތް. ފިއްތާނެ، އެހެންވީމަ، ކިތަންމެ މޮޅު މީހާވެސް ޖެހޭނީ އިސްތިއުފާ ދޭން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް