ތިލަމާލެ ބްރިޖް ހެދުމުގެ މަސައްކަތް ކުރާއިރު އެ ސަރަހައްދުން ބައެއް އުޅަނދުތައް ދުއްވާފައި ދަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ވިލިމާލެ ބްރިޖު

އެކްސިޑެންޓާ އެކު މިނިސްޓަރު އިސްތިމާސްކުރެއްވީ ވިލިމާލެ ކަނޑުއޮޅިން ދަތުރު ނުކުރަން

މިނިސްޓަރު މުއްތަލިބު ވިދާޅުވީ އެ ސަރަހައްދުން ދަތުރުކުރުމަކީ މަނާކަމެއް ކަމަށާއި ދަތުރުކުރާ އުޅަނދުތަކުގެ ލައިސަންސް ހިފަހައްޓާނެ ކަމުގެ އިންޒާރު ވެސް މީގެ ކުރިން ދީފައިވާ ކަމަށް

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުންދާ ވިލިމާލެ-ގުޅީފަޅު ކަނޑުއޮޅިން ދަތުރުނުކުރަން ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު އިލްތިމާސް ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މުއްތަލިބު މިގޮތަށް އިލްތިމާސް ކުރެއްވީ، މިރޭ ދެ ލޯންޗެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން އޭނާގެ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. މި އެކްސިޑެންޓެއްގައި ވަނީ ބްރިޖުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޯންސް ކުންފުނީގެ 10 މުވައްޒަފަކާއި އަނަންތަރާގެ ތިން މީހަކަށް އަނިޔާވެފަ އެވެ.

ބުނީ ކީކޭ؟ - މުއްތޮލިބު ވިދާޅުވީ:

  • ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރާތީ މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅީފަޅު ކަނޑުއޮޅިން ދަތުރުކުރުން ޓްރާންސްޕޯޓް މިނިސްޓްރީ އިން އޮތީ ކުރިން މަނާކޮށްފައި 

  • އެގޮތަށް އަމަލު ކުރާ ނަމަ ލައިސަންސް ހިފަހައްޓާނެކަމުގެ އިންޒާރު ވެސް އޮތީ ދީފަ ކަމަށް މިނިސްޓަރު ވިދާޅުވި

"މިފަދަ ހިތާމަވެރި އަދި ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވުމަށް ކަނޑުގައި ދުއްވާ އުޅަނދުތަކުން މި ދެ ކަނޑުއޮޅިން ދަތުރު ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރަމެވެ،" މުއްތަލިބުގެ ޕޯސްޓުގައިވެ އެވެ.

އެނގުން މުހިންމު - މިރޭ އަނިޔާވި 13 މީހުންގެ ތެރެއިން ހަ މީހަކަށް މިވަ ގުތު ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ. ދެން އަނިޔާވި މީހުންނަށް ފަރުވާ ދެނީ ވިލިމާލެ ހޮސްޕިޓަލުގަ އެވެ.

ފުލުހުން ބުނިގޮތުގައި އެކްސިޑެންޓް ހިނގީ މިރޭ 7:50 އެހާއިރު ވިލިމާލެ ވޯޓާސްޕޯޓްސް ސަރަހައްދުން ބޭރު ކަނޑުމަތީގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް