އއ. ތޮއްޑޫ. (ފޮޓޯ/ޓްރިޕް އެޑްވައިޒާ)

އއ. ތޮއްޑޫ

ތޮއްޑޫގައި ހިންގި މާރާމާރީއެއްގައި ރަޝިޔާ މީހަކަށް އަނިޔާވެއްޖެ

ފުލުހުން ބުނީ މި ހަމަނުޖެހުމާ އެއްވެސް ވަރަކަށް ގޭންގަގާ ގުޅުމެއް ނެތް ކަމަށް
21 ފެބްރުއަރީ 2024

އއ. ތޮއްޑޫގައި ހިންގާ ޑައިވް ސެންޓަރެއްގެ ތެރޭ އިއްޔެ ހިންގި މާރާމާރީއެއްގައި ރަޝިޔާ މީހަކަށް އަނިޔާވެއްޖެ އެވެ. 

ވީކިހިނެއް؟ - ފުލުހުން ބުނީ އިއްޔެ އިރުއޮއްސި 6 ޖަހާ އެހާކަންހާއިރު އެ މާރާމާރީ ހިންގީ ތޮއްޑޫގައި ހިންގާ 'ޑައިވް ވިލާ' ސެންޓަރުގައި ކަމަށެވެ. 

ތަފްސީލް - ފުލުހުން ބުނި ގޮތުގައި އެ މާރާމާރީގައި އަނިޔާވީ އެތަނުގައި މަސައްކަތް ކުރާ 42 އަހަރުގެ ރަޝިޔާ ރައްޔިތަކަށެވެ. 

  • އޭނާއަށް އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައި 

އެ ރަށުން ވާހަކަ ދެއްކި މައުލޫމާތު އެނގި ހުރި މީހަކު މިއަދު 'ދައުރު' އަށް ބުނި ގޮތުގައި:

  • މާރާމާރީ ހިންގީ ޑައިވްއަށް ގެންދިޔަ ޓޫރިސްޓަކު ނުލާ ޑައިވް ސެންޓަރުގެ މުވައްޒަފަކު އަނބުރާ ރަށަށް އައި ކަމަށް ބުނެ ހިނގި ދެ ބަސްވުމެއް ހޫނުވެގެން

ތަރުޖަމާނުގެ ބަސް - ފުލުހުންގެ ތަރުޖަމާން ޗީފް ސްޕްރިޓެންޑެންޓް އަހުމަދު ޝިފާން މިއަދު 'ދައުރު' އަށް ވިދާޅުވީ މިކަމުގައި ގޭންގެއްގެ ބައިވެރިވުމެއް ނެތް ކަމަށް މިހާތަނަށް ކުރި ތަހުގީގުން އެނގިފައިވާ ކަމަށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް