ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިނިސްޓަރުގެ އިގަސްޓް 2016ގައި އައްޔަން ކުރެއްވި ދުވަހު އޭނާ މަގާމުގެ ފަތްކޮޅުގައި ސޮއިކުރައްވަނީ: މި ސަރުކާރުގައި އެޗްޑީސީގެ ޗެއާމަންގެ މަގާމަށް އޭނާ ވަނީ އައްޔަންކޮށްފައި

އެޗްޑީސީ

އެޗްޑީސީގެ ޗެއާމަންކަމަށް ކުރީގެ މިނިސްޓަރު ޒުހޫރު އައްޔަންކޮށްފި

އޭނާ އެ މަގާމަށް އައްޔަންކޮށްފައި ވަނީ މީގެ މަހެއްހާ ދުވަސްކުރިން

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރު އައްޔަންކޮށްފި އެވެ.

ވީ ކިހިނެއް؟ - ޒުހޫރު މީގެ މަހެއްހާ ދުވަސް ކުރިން އެ މަގާމަށް އައްޔަންކޮށްފައިވާކަން އޭނާ 'ދައުރު'އަށް މިއަދު ކަށަވަރުކޮށްދެއްވި އެވެ.

ޒުހޫރު ވަނީ ޔާމީންގެ ސަރުކާރުގައި މިނިސްޓަރުގެ މަގާމުގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމާއި ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްކަން ވެސް ކުރައްވާފަ އެވެ.

ޒުހޫރާ އެކު އެޗްޑީސީގެ ބޯޑުގައި ދެން ތިއްބަވަނީ:

  • ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް

  • ބޯޑު ޑިރެކްޓަރު އަޒްހަރު އަބްދުﷲ ސައީދު

  • ބޯޑު ޑިރެކްޓަރު އިބްރާހިމް ޔޫސުްފްފުޅު

  • ބޯޑު ޑިރެކްޓަރު މުހައްމަދު ވިޝާމް

  • ބޯޑު ޑިރެކްޓަރު އުލާ މުހައްމަދު ރަޝީދު

  • ބޯޑު ޑިރެކްޓަރު މުހައްމަދު ނާޖިލް

  • ބޯޑު ޑިރެކްޓަރު އާރިފް އަބްދުލްސަމަދު

  • ބޯޑު ޑިރެކްޓަރު މުހައްމަދު ވަހީދު

  • ބޯޑު ޑިރެކްޓަރު ފާތިމަތު މިޒްނާ އަލީ 

ފާހަގަކޮށްލެވޭ - އެޗްޑީސީއަކީ ހުޅުމާލޭގެ ވިޔަފާރީގެ ކަންކަން ބަލަހައްޓައި އަދި ސިނާއީ ދެ ރަށް ކަމަށްވާ ތިލަފުއްޓާއި ގުޅީފަޅު ވެސް މެނޭޖް ކުރާ ކުންފުންޏެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް