ޖަރުމަނުގެ މިއުނިކްގައި އިއްޔެ އޮތް ކޮންފަރެންސްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ކޮންފަރެންސްގެ ބައިވެރިއަކާއެކު(ފޮޓޯ/މޫސާ ޒަމީރު)

މޫސާ ޒަމީރު

މޫސުމީ ބަދަލުތަކުން ގެއްލުންވާ ގައުމުތަކުގެ ދަރަންޏަށް ލުއިދޭން ޒަމީރު ގޮވާލައްވައިިފި

ދަރަނީގެ ސަބަބުން ދިމާވާ ދަތިތަކާ، ބޭރުގެ އިގްތިސޯދީ ލޮޅުންތަކަށް ނާޒުކު ރާއްޖެފަދަ ގައުމުތަކަށް ކްލައިމެޓް ފައިނޭންސިން ހަމަޖައްސައިދޭ މިންވަރު އިތުރު ކުރުމަށް ވެސް ޒަމީރު ގޮވާލެއްވި

މޫސުމާ ގުޅޭ ކަންކަމުގައި ފަންޑު ލިބުން ދަތިކަމަށާއި މޫސުމީ ބަދަލުތަކަށް ދުރާލާ ތައްޔާރުވެ، ފިޔަވަޅުތަށް އެޅުމަށް ބޭނުންވާ ތަކެތި ހޯދުމަށް ކުދި ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ދަރަންޏަށް ލުއި ލިބެންޖެހޭ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެެވެ.

ވީ ކިހިނެއް؟ - ޒަމީރު މިހެން ވިދާޅުވީ 'ފްރޮމް ޕޮކެޓް ޓު ޕްލެނެޓް: ސްކޭލިން އަޕް ކްލައިމެޓް ފަންޑިން'ގެ ނަމުގައި މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ ތެރެއިން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުންނެވެ. 

ބުނީ ކީކޭ؟ - އެ ކޮންފަރެންސްގައި ޕެނަލިސްޓެއްގެ ގޮތުގައި ވާހަކަދައްކަވަމުން ޒަމީރު ވަނީ މޫސުމާ ގުޅޭ ކަންކަމުގައި ދުނިޔޭގެ ބޮޑެތި ގައުމުތަކުން އެކަށީގެންވާ މާލީ އެހީތެރިކަން ހޯދުމުގައި، މެދު ފަންތީގެ އާންމުދަނީއެއް ލިބޭ ރާއްޖެ ފަަދަ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި، ދަރަނީގެ ސަބަބުން ދިމާވާ ދަތިތަކާއި، ބޭރުގެ އިގްތިސާދަށް އަންނަ ލޮޅުންތަކަށް ނާޒުކު، ރާއްޖެ ފަދަ ރައްގީވަމުންނަ އަންނަ ކުދި ގައުމުތަކަށް، ކްލައިމެޓް ފައިނޭންސިން ހަމަޖައްސައިދޭ މިންވަރު އިތުރުކުރުމުގެ ބޭނުންތެރިކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"މޫސުމާ ގުޅޭގޮތުން ފިޔަވަޅުތަށް އެޅުމަށް ބޭނުންވާނެ ކަންކަން ހަމަޖެއްސުމަށް، މިފަދަ ގައުމުތަކުގެ [ދަރަނި ބޮޑު، ތަރައްގީވަމުން އަންނަ ރާއްޖެފަދަ ކުދި ގައުމުތަކުގެ] ދަރަންޏަށް ލުއި ދިނުން މުހިންމު،" ޒަމީރު ވިދާޅުވި އެވެ.

މި ކޮންފަރެންސްގައި ޒަމީރު ވަނީ:

  • ފައިސާ ހޯދޭނެ އިންތިޒާމުތައް ފަސޭހަކޮށް، 'ގްލޯބަލް ފައިނޭންޝަލް އާކިޓެކްޗާ' އިސްލާހުކުރަން ގޮވާލައްވާފައި

  • ޒަމީރު ވިދާޅުވީ ބައިނަލް އަގުވާމީ މާލީ އެހީތެރިކަން ދިނުމުގެ އުސޫލުތައް މިހާރު އޮންނަގޮތުން ތަރައްގީވަމުން އަންނަ ގައުމުތަކަށް މޫސޫމާ ގުޅޭ ކަންކަމުގައި ވަގުތުން މަލީ އެހީ ލިބެން ހުރަސް އަޅާ ކަމަށް

  • މޫސުމާ ގުޅޭ ފިޔަވަޅުތަކުގައި، އަމިއްލަ ފަރާތްތަކަށް އިންވެސްޓް ކުރެވޭނެ މާހައުލެއް ސަރުކާރުން ގާއިމުކޮށްދެންޖެހޭ ކަމަށް ވިދާޅުވި

އިތުރު އާޓިކަލް

އިތުރު އާޓިކަލް