ހިޔާ ފްލެޓްތައް ކައިރީ ދެ މީހަކު މަޑުކޮށްލައިގެން (ފޮޓޯ/ދައުރު)

ހިޔާ ފްލެޓްތައް

ހިޔާގެ ކޮންމެ ޓަވަރެއްގައި ދެ ލިފްޓް ހަރުކުރަން ޗައިނާ ކުންފުންޏަކަށް ދީފި

އެއް އަހަރު ދުވަސްތެރޭ ނިންމާ ގޮތަށް ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ޖުމްލަ 32 ލިފްޓް ހަރުކުރާނެ
14 ފެބްރުއަރީ 2024

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރުކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން އަރާ ފޭބުމުގައި ދިމާވާ ލިފްޓުގެ ދަތިކަން ހައްލުކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕްއާ އެކު އެވެ. 

ތަފްސީލް - އެ އެއްބަސްވުމުގެ ތަފްސީލް ދެމުން އެޗްޑީސީން ބުނީ: 

  • ކޮންމެ ޓަވަރެއްގައި ދެ ލިފްޓް ހަރުކުރާނެ؛ ޖުމްލަ 32 ލިފްޓް

  • އެއީ ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖާ އަދި ސްޓްރެޗާ ލިފްޓެއް

މި މަޝްރޫއުގެ މަސައްކަތް އެ ކުންފުނިން މިހާރު ފަށާފައިވާކަން ފާހަގަކޮށް އެޗްޑީސީން ބުނީ މަސައްކަތް ނިންމަން އެ ކުންފުންޏަށް ދީފައި ވަނީ އެއް އަހަރު ދުވަސް ކަމަށެވެ. 

ބުނީ ކީކޭ؟ - އެޗްޑީސީން ބުނީ ލިފްޓް ހަރުކޮށް ނިމުމުން ލިފްޓަށް އެރުމަށް އޮންނަ ކިއޫ ކުޑަވެ ލިފްޓް ގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެ އެވެ. އަދި އެއީ އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ލިބޭނެ ލުއިކަމެއްގެ ގޮތުގައި އެޗްޑީސީން ފާހަގަކުރި އެވެ.

އެޗްޑީސީން އަދި ބުނީ އެ ކުންފުނި ވާނީ ރައްޔިތުންނަށް ލުއި ފަސޭހަ ކަންކަން އަބަދު ވެސް ކޮށްދޭ ކުންފުންޏަކަށް ކަމަށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް