އެމްޑީޕީގެ ނުރަސްމީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ޕާޓީގެ އިސް މެމްބަރުން. (ފޮޓޯ/ އެމްޑީޕީ)

އެމްޑީޕީ

އެމްޑީޕީގެ ރައީސްގެ އިންތިހާބު މާޗް 2ގައި؛ ކުރިމަތިލާން ހުޅުވާލައިފި

އެމްޑީޕީގެ ރައީސްކަމުގެ މަގާމު ހުސްވެފައިވަނީ އެމަގާމުގައި ކުރިން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން އިސްތިއުފާ ދެއްވުމުން
13 ފެބްރުއަރީ 2024

އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - އެ ފުރުސަތު ހުޅުވާލައި އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ވާގޮތުން ޕާޓީގެ ރައީސްގެ މަގާމުގެ އިންތިހާބު އޮންނާނީ އަންނަ މާޗް މަހުގެ 2ގަ އެވެ.

ބުނީ ކީކޭ؟ - "މި މަގާމަށް ކުރިމަތިލުމަށް އެދޭ މެންބަރުންނަށް އެ ފުރުސަތު މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ މެންދުރު 2އާ ހަމައަށް ހުޅުވާލާފައިވާ ވާހަކަ އާއްމުކޮށް އަންގާ އިއުލާންކުރީމެވެ،" އެ ޕާޓީން ބުންޏެވެ.

ކުރިމަތިލާން އެދޭ ބޭފުޅުން ހުށަހަޅަންޖެހޭ ތަކެއްޗަކީ:

  • ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ފުރިހަމަކޮށްފައިވާ ކުށާއި ދަރާނީގެ ރިކޯޑު 

  • އިއުލާނާ އެކު ޕޯސްޓު ކޮށްފައިވާ ރައީސް ކަމަށް ކުރިމަތިލުމަށް އެދޭ ގޫގުލް ފޯމް

އެނގުން މުހިއްމު - އެމްޑީޕީގެ ރައީސްކަމުގެ މަގާމު ހުސްވެފައިވަނީ އެމަގާމުގައި ކުރިން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަންނަވަން މިދިޔަ ޖޫން މަހު އެމްޑީޕީން ވަކިވުމާ ގުޅިގެންނެވެ.

އެ މަގާމު ހުސްވެފައި އޮތުމުން، އާ ރައީސަކު އިންތިހާބު ކުރެވެންދެން އެ މަގާމު ވަނީ މިދިޔަ ނޮވެމްބަރުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވަގުތީ ގޮތުން ހަވާލުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް