25 ފެބްރުއަރީ 2023 - ޖޭޕީގެ ގައުމީ ކޮންފަރެންސްގައި އަބްދުﷲ އަމީން (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ކުރީގެ ހެލްތު މިނިސްޓަރު އަމީން މަޖިލީސް އިންތިހާބުގައި އުނގޫފާރު ދާއިރާއަށް ނުކުންނަވަނީ

އަމީން ނުކުންނަވަނީ ޖޭޕީގެ ޓިކެޓެއްގައި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރ. އުނގޫފާރު ދާއިރާެއަށް ވާދަކުރައްވަން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ ހައިސިއްޔަތުން ޖޭޕީގެ ކައުންސިލްގައި ވެސް އިންނަވާ އަމީން އެ ޕާޓީގެ ޓިކެޓުގައި ކުރިމަތިލައްވަނީ ރ. އުނގޫފާރު ދާއިރާ އަށެވެ.

ބުނީ ކީކޭ؟ - އެކަން ހާމަކޮށް އޭނާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވަނީ، އެ ދާއިރާގެ މަޖިލިސް ގޮނޑިއަށް ކުރިމަތިލައްވަން ގަސްތުކުރެއްވީ، އިންތިހާބު ކާމިޔާބުކޮށް ދާއިރާގެ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހެއްދެވުމަށް ކަމަށެވެ. އަދި ދާއިރާ ރައްޔިތުންގެ ތާއީދަށް އެދޭ ކަމަށް ޕޯސްޓުގައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަމީން އެ މަގާމުން އިސްތިއުފާ ދެއްވީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ހިންގި ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލާގައި ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވާން ފެށުމުން، އިސްތިއުފާ ދެއްވަން ރައީސް ސޯލިހް އެދިވަޑައިގަތުމުންނެވެ.

އެ މައްސަލައިގައި ދައުވާކޮށް ދިނުމަށް ފޮނުވި 11 މީހުންގެ ތެރޭގައި ވެސް އަމީން ހިމެނެ އެވެ. އެކަމަކު އެ މައްސަލާގައި އޭނާގެ މައްޗަށް ޕީޖީން ދައުވާކޮށްފައެއް ނުވެ އެވެ.

އެޔަށްފަހު ސިޔާސީ މަސައްކަތްތަކާ ދުރުގައި ހުންނެވި އަމީން، އަލުން ސިޔާސީ މަސައްކަތްތަކުން ފެންނަން ފެށީ، މިދިޔަ ސެޕްޓެމްބަރުގައި އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގަ އެވެ. ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމުގެ ކެމްޕޭންތެރޭ އޭރު ރަށްރަށަށް ވެސް އަމީން ވަޑައިގަތެވެ.

ކޮމެންޓް (2)

ސައީދު

13 ފެބްރުއަރީ 2024
އަމީނަށް ހެއު އެދެން. އެކަމަކު އަމީންގެ އުފަން ރަށް ގދ. ގައްދޫން ނުލިބޭ ވޯޓެއް އުނގޫފާރުން ލިބޭނީ ކިހިއް ބާވައޭ ހިތަށް އަރާ.
0 0

މޫނިސާ

12 ފެބްރުއަރީ 2024
ވެންޓިލޭޓަރު އަމީންތަ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް