ރޭ އެސްޓަން ވިލާ ކޮޅަށް މޮޅުވި ލަނޑު ޖަހައިދިނުމަށް ފަހު ސްކޮޓް މެކްޓޮމިނޭ (ކ) އުފާ ފާޅުކުރަމުން ދުވަނީ

އެސްޓަން ވިލާ ބަލިކޮށް ޔުނައިޓެޑުން ގަދަ ހަތަރަކާ ދިމާލަށް މިސްރާބު ޖަހައިފި

މިއީ އެއްފެންވަރެއްގައި ކުޅުން ނުދެއްކޭ މައްސަލައާ ކުރިމަތިވެފައި އޮތް މެންޗެސްޓަ ޔުނައިޓެޑްއަށް ވަރަށް މުހިންމު ފުރުސަތެއް
12 ފެބްރުއަރީ 2024
1

ފޯމްގައި އޮތް އަދި މި ފަހުން ގަދަ ތިނެއްގެ ތެރެއަށް ވެސް ވަން އެސްޓަން ވިލާގެ އަމިއްލަ ދަނޑުގައި އެ ޓީމުގެ މައްޗަށް ފަހު ވަގުތު ހޯދި ކާމިޔާބީއާ އެކު މެންޗެސްޓަ ޔުނައިޓެޑް، އިނގިރޭސި ޕްރިމިއަ ލީގުގެ ގަދަ ހަތަރަކާ ދިމާލަށް މިސްރާބު ޖަހައިފި އެވެ.

މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ސްކޮޓް މެކްޓޮމިނޭ ޖެހި ލަނޑުން 2-1 އިން ޔުނައިޓެޑް މޮޅުވުމާ އެކު މިހާރު އޮތީ 41 ޕޮއިންޓާ އެކު ތާވަލްގެ ހަ ވަނައިގަ އެވެ. އެސްޓަން ވިލާ 46 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ހަތަރު ވަނާގައި އޮތް ޓޮޓެންހަމްއަށް ވުރެ މި ވަގުތު ޔުނައިޓެޑް ވަނީ ހަ ޕޮއިންޓް ފަހަތުގަ އެވެ.

ޗެމްޕިއަންސް ލީގަށް މިހާރު ޖާގަ ލިބެނީ ލީގުގެ ގަދަ ހަތަރު ޓީމަށެވެ. ނަމަވެސް ޗެމްޕިއަންސް ލީގަށް ގެންނަ ބަދަލުތަކާ އެކު އިނގިރޭސި ޕްރިމިއަ ލީގުގެ ގަދަ ފަސް ޓީމަށް ވެސް އަންނަ ސީޒަންގައި ފުރުސަތު ލިބުން ކައިރި އެވެ. އެހެންކަމުން ޔުނަައިޓެޑުން އެންމެ ދަށްވެގެން ފަސް ވަނައަށް އަމާޒު ހިފަ އެވެ.

މިއީ މި ސީޒަންގައި ޖެހިޖެހިގެން ހަތަރު މެޗުން ޔުނައިޓެޑް މޮޅުވި ފުރަތަމަ ފަހަރެވެ. އެހެންކަމުން ކޯޗު އެރިކް ޓެން ހޭގްއަށް އޮތް ހިތްހަމަޖެހުން ބޮޑެވެ. އޭނާ ކޯޗު ކަމާ ހަވާލުވި ފަހުން އެއް ފެންވަރެއްގައި ކުޅުން ނުދެއްކޭކަމުގެ ފާޑުކިއުން އޮވެ އެވެ. ނަމަވެސް ޖެހިޖެހިގެން ހަތަރު މެޗުން މޮޅުވުމުން ދައްކައިދެނީ ޔުނައިޓެޑް ހަމަޔަކަށް އެޅެމުން އަންނަ ތަން ކަމަށް، ބައެއް ތަޖުރިބާކާރުން ބުނެ އެވެ.

ޕްރިމިއަ ލީގުގެ ގަދަ ފަހެއް

  • 1-

    ލިވަޕޫލް، ކުޅުނު 24، ޕޮއިންޓް 54

  • 2-

    މެންޗެސްޓަ ސިޓީ، ކުޅުނު 23، ޕޮއިންޓް 52

  • 3-

    އާސެނަލް، ކުޅުނު 24، ޕޮއިންޓް 52

  • 4-

    ޓޮޓެންހަމް ހޮޓްސްޕާ، ކުޅުނު 24، ޕޮއިންޓް 47

  • 5-

    އެސްޓަން ވިލާ، ކުޅުނު 24، ޕޮއިންޓް 46

ކޮމެންޓް (1)

ކީކޭ އަޅެފަހެ ބުނާނީ...

12 ފެބްރުއަރީ 2024
ޖެހިޖެހިގެން 4 މެޗުން މޮޅުވުމަކީ ބޮޑު ސުރުޚީ ޚަބަރަކަށް ވާންޖެހުމުން އަންގައިދެނީ ޔުނައިޓެޑްެގެ ޙާލަތު ދަށްވެފައިވާ މިންވަރެވެ. ވަޓް އަ ޖުޕިޓަރ ލެވެލް މެގްނިޓިއުޓް ޓެން ޕޮއިންޓް އޯ ޖޯކް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް