އިލްހާމް ކުރީގެ ރައީސް ސޯލިހާ އެކު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި (ފޮޓޯ/އިލްހާމް، އެކްސް)

އިލްހާމް އެމްޑީޕީ ޓިކެޓުގައި ފުނަދޫ ދާއިރާއަށް ވާދަކުރައްވަނީ

ޖުމްހޫރީ ޕާޓީގައި ހުންނެވި އިލްހާމް އެމްޑީޕީއާ ގުޅިވަަޑައިގަތީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ށ. ފުނަދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަން މީގެ ކުރިން ދެ ފަހަރެއްގެ މަތިން މަޖިލީހުގެ މެންބަރުކަން ކުރެއްވި އިލްހާމް އަހުމަދު ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ޓިކެޓުގައި ފުނަދޫ ދާއިރާއަށް ވާދަކުރައްވާކަން އިލްހާމް މިއަދު ވަނީ 'އެކްސް' ގައި އިއުލާން ކުރައްވައިފަ އެވެ.

ތަފްސީލް - މީގެ ކުރިން ޑީއާރުޕީ އާއި ޕީޕީއެމް އަދި ޖޭޕީގައި އިސްކޮށް މަސައްކަތް ކުރެއްވި އިލްހާމް އެމްޑީޕީއާ ގުޅިވަަޑައިގަތީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގަ އެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި އޭނާ ހުންނެވީ ޖޭޕީގައި އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ފަހަތްޕުޅުގަ އެވެ.

އިލްހާމް ވަނީ 2009 އިން 2014 އަށް ގެމަނަފުށީ ދާއިރާގެ މެމްބަރުކަން އަދި 2014 އިން 2019އަށް ދަނގެތި ދާއިރާގެ މެންބަރުކަން ކުރައްވައިފަ އެވެ. 

މިއަދު އެމްޑީޕީގެ ކެންޑިޑޭޓުންނާ އެކު އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވި ބައްދަލުކުރެއްވުމުގައި ވެސް އިލްހާމް އިންނެވި އެވެ.

ކޮމެންޓް (1)

ޞައްދާމު

12 ފެބްރުއަރީ 2024
ޗޮކުން ދާނީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް