މީގެ ކުރިން ބޯކޮށް ވާރޭވެހުނު ދުވަހެއްގައި މާލޭގައި ފެން ބޮޑުވެފައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ދެކުނާއި މެދުރާއްޖެ ތެރެއަށް ވިއްސާރަވާނެ، ކަނޑުތައް ގަދަ

ވިއްސާރަވެ ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން ވެސް މެޓުން އިލްތިމާސް ކުރޭ

މިރޭ މެދުރާއްޖެ ތެރެ އާއި ދެކުނުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - މާދަމާގެ ހެނދުނު 6އާ ހަމައަށް މޫސުން ލަފާކޮށް އެ އިދާރާ އިން ނެރުނު މޫސުމާ ބެހޭ އެލާޓުގައި ބުނީ މެދުރާއްޖެ ތެރެ އާއި ދެކުނުގެ ސަރަހައްދުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ތަފްސީލް - މެޓުން ބުނީ އުތުރުގެ ސަރަހައްދުތަކުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.

މެދުރާއްޖެތެރެ އާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

  • އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަހައްދުތަކުގައި ރާޅުގެ އުސްމިން 4-7 ފޫޓަށް ހުންނާނެ ކަމަށް ލަފާކޮށްފައިވޭ

  • ދެކުނުގެ ސަރަހައްދުތަކުގައި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 2-4 ފޫޓަށް

ވިއްސާރަވެ ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން މެޓުން އިލްތިމާސް ކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް