ބެޓީ ކްރޮކާ ސުޕަ މޮއިސްޓް މިލްކް ޗޮކްލެޓް

ބެޓީ ކްރޮކާގެ ދެ ކޭކް މިކްސްއެއްގައި އުކުނު، ނުވިއްކަން އަންގައިފި

އެމްއެފްޑީއޭ އިން ބުނީ ބެޓީ ކްރޮކާގެ މި ދެ އުފެއްދުމުގެ ސާމްޕަލް ނަގައިގެން ބެލި ބެލުމުން ސާމްޕަލްތަކުގައި 'ލަމްޕްސް' ނުވަތަ ގަނޑުލާފައި ހުރުމުގެ އިތުރުން ބައެއް ސާމްޕަލް ތަކުގައި އުކުނު ފަދަ ދިރޭތަކެތި އުފެދި ތަގައްޔަރުވެފައިވާކަން ފާހަގަވެފައިވާ ކަމަށް

ދިވެހިންގެ މެދުގައި މަގުބޫލު ކޭކް މިކްސް، ބެޓީ ކްރޮކާގެ ދެ ވައްތަރެއްގެ ކޭކް މިކްސްގައި އުކުނު ހުރިކަން ފާހަގަވެގެން އެ ދެ ވައްތަރުގެ ކޭކް މިކްސް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދެފި އެވެ.

ވީ ކިހިނެއް؟ - އެމްއެފްޑީއޭ އިން ބުނީ އެ ބްރޭންޑުގެ ކޭކް މިކްސްގެ ދެ ވައްތަރެއްގެ ޕެކެޓުގައި އުކުނު ހުރިކަމަށް ބުނެ އާންމުންގެ މީހަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެން މާލޭ ބާޒާރުން ސާމްޕަލް ނަގައިގެން ބެލި ކަމަށެވެ.

ތަފްސީލް - އެ އިދާރާ އިން ބުނީ އުކުނު ހުރިކަމަށް ފާހަގަ ކުރެވުނީ

  • ބެޓީ ކްރޮކާ ސުޕަ މޮއިސްޓު މިލްކް ޗޮކްލެޓް (މުއްދަތު ހަމަވަނީ 13 އޭޕްރީލް 2024)

  • ބެޓީ ކްރޮކާ ސުޕަ މޮއިސްޓް ޗޮކްލެޓް ފަޖް (މުއްދަތު ހަމަވަނީ 18މާޗް 2024)

އެމްއެފްޑީއޭ އިން ބުނީ ބެޓީ ކްރޮކާގެ މި ދެ އުފެއްދުމުގެ ސާމްޕަލް ނަގައިގެން ބެލި ބެލުމުން ސާމްޕަލްތަކުގައި 'ލަމްޕްސް' ނުވަތަ ގަނޑުލާފައި ހުރުމުގެ އިތުރުން ބައެއް ސާމްޕަލް ތަކުގައި އުކުނު ފަދަ ދިރޭތަކެތި އުފެދި ތަގައްޔަރުވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.

މިތަކެތި ކެއުމަށް ރައްކާތެރި ނޫންކަމަށް އެ އިދާރާ އިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް