ލަންކާ ސަފީރަކަށް ކަނޑައެޅުއްވި މަސްއޫދު އިމާދު

ލަންކާ ސަފީރަކަށް މަސްއޫދު އެކު ތިން ގައުމެއްގެ ސަފީރުންނަށް ރުހުން ހޯދަން ފޮނުވައިފި

މިހާރު އޮތީ ރައްޔިތުންގެ މަޖިލިހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި އެ ނަންތައް ދިރާސާކުރުން
6 ފެބްރުއަރީ 2024
2

ރައީސް މުހައްމަދު މުއިއްޒު، ތިން ގައުމަކަށް އައްޔަން ކުރައްވާ ސަފީރުންނަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފި އެވެ.

ވީ ކިހިނެއް؟ - މިއަދުގެ މަޖިލިސް ޖަލްސާގައި އެކަމާ ގުޅޭ ގޮތުން ރައީސް ފޮނުއްވި ސިޓީ ވަނީ އިއްވާފަ އެވެ.

ތަފްސީލު - ރުހުން ހޯދުމަށް ފޮނުވި ބޭފުޅުންނަކީ:

  • ސްރީ ލަންކާ: މަސްއޫދު އިމާދު، މއ. ތުޅާގިރި

  • މެލޭޝިއާ: ޑރ. މަރިޔަމް ޝަބީނާ އަހުމަދު، މ. ރުށްފުށި

  • ޔޫރަޕިއަން ޔޫނިއަން އަދި ބެލްޖިއަމް: އަގީލާ އަލީ، މ. ގީލާވިލާ

މަސްއޫދަކީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ މީޑިއާ ސެކެޓްރީގެ މަގާމު ފުރުއްވި ބޭފުޅެކެވެ. މިސްރުގެ އަޒުހަރު ޔުނިވަސިޓީން ކިޔަވާވިދާޅުވި މަސްއޫދު ވަނީ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތްކުރައްވައިފަ އެވެ.

ރައީސް ފޮނުއްވި ނަންތައް ދިރާސާ ކުރުމަށް މިހާރު ވަނީ މަޖިލީހުގެ ހާރިޖީ ކޮމިޓީއަށް ފޮނުވައިފަ އެވެ.

ކޮމެންޓް (2)

އަނެއްކާ

6 ފެބްރުއަރީ 2024
ކުރިން ރުހުން ހޯދަން ފޮނުވި ކުދިންނަށް ރުހުން ނުދިނީމަވެސް އެތިބީ ވަގުހުވާލައްވާފަ އަނެއްކާ. އަނެއްކާ އަނެއްބަޔަކަށް ރުހުން ހޯދާށޯ. މުއިއްޒުކޮއެ މަޖުލީހަށް ކޮށްލާ މަލާމާތެއްތަ އަނެއްކާ؟؟
1 0

ސާޖީ

6 ފެބްރުއަރީ 2024
ޝަބީނާ އަކީ ސާޖިދާގެ ބެސްޓު ފުރެންޑު
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް