މާލެއަށް ބޯކޮަށް ވާރޭ ވެހި، މަގެއް ވަރަށް ބޮޑަށް ފެންބޮޑުވެފައި: މިއަހަރު މާލޭގެ މަގުތައް ހަދަން ފެށޭނެ ކަމަށް ރައީސް ވިދާޅުވި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މަގު ހެދުން

ޗައިނާގެ އެހީގައި މާލޭގެ މަގުތައް މިއަހަރު ހަދަން ފަށަނީ

އެ މަސައްކަތް މިއަހަރު ފަށާނޭ ކަމަށް ރައީސް ވިދާޅުވި

މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް މިއަހަރު ހަދަން ފަށާނޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފި އެވެ.

ފާހަގަކޮށްލެވޭ - އެ މަސައްކަތަށް ބޭނުންވާ ފައިސާގެ ބޮޑުބައި ހަމަޖައްސާނީ މި ސަރުކާރާ ގާތް ގުޅުން އޮންނަ ޗައިނާގެ ހިލޭ އެހީގެ ދަށުންކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ވީ ކިިހިނެއް؟ - ރައީސް މިގޮތަށް ވިދާޅުވީ، މިއަހަރަށް މަޖިލިސް ހުޅުވުމަށް އެމަނިކުފާނު މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.

ތަފްސީލް - މިދިޔަ ޖެނުއަރީ މަހު ރައީސް މުއިއްޒު ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޗައިނާ އިން ރާއްޖެ އަށް ދޭން ނިންމި 130 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ހޭދަކުރާނީ މާލޭ މަގުތައް ހަދަން ކަމަށް އެމަނިކުފާނު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ރައީސް މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭ އެމަނިކުފާނު ވައުދުވެ ވަޑައިގެންނެވި ގޮތަށް ރާއްޖޭގެ ހުރިހާ ސިޓީތަކެއްގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަށް ހަދާނެ ކަމަށެވެ.

"އެނޫން ރަށްރަށުގެ ބޮޑެތި މަގުތައް ހަދާނަން. މާލޭގެ މަގުތައް ރަނގަޅު ފެންވަރުގައި ހެދުމުގެ މަސައްކަތް މި އަހަރު އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. މި މަޝްރޫއަށް ހިނގާނެ ހަރަދުގެ ބޮޑުބައި ޗައިނާގެ ހިލޭއެހީގެ ދަށުން ހަމަޖެހިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް