ބުއްފުޅި

ރާއްޖެ އެތެރެކުރާ ބުއްފުޅި އާއި ތުން ރެޖިސްޓްރީ ކުރަން އަންގައިފި

އެމްއެފްޑީއޭ އިން ބުނީ ބުއްފުޅި އަދި ބުއްފުޅީގެ ތުން އެތެރެކުރާ ވިޔަފާރިތަކުން މި އަހަރުގެ ޖުލައިގެ ފަހުން އެ އިދާރާގައި ރެޖިސްޓްރީ ކުރަން އަންގާ ކަމަށް

ރާއްޖެ އަށް އެތެރެކޮށް ވިއްކާ ބުއްފުޅި އާއި ބުއްފުޅީގެ ތުން ރެޖިސްޓްރީކުރަން އަންގައިފި އެވެ.

ވީ ކިހިނެއް؟ - މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ރާއްޖެ އެތެރެކުރަން ހުއްދަ ދެނީ އެ އިދާރާގެ ޕޯޓަލްގައި ރެޖިސްޓްރީ ކުރުމަށް ފަހު ކަމަށެވެ.

ތަފްސީލް - 2015 އަހަރުން ފެށިގެން އެގޮތަށް އަމަލު ކުރަމުން ދިޔަ ނަމަވެސް، ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ރާއްޖެ އަށް އެތެރެކުރުމާއި އުފެއްދުމާއި ވިޔަފާރީގައި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދާ އެއްގޮތަށް، އެ ގަވައިދުގައި ބުނާ އުފެއްދުންތައް ރެޖިސްޓްރީ ނުކުރާކަން ފާހަގަވެފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުނެފައިވެ އެވެ.

ގަވައިދުގައި، ރެޖިސްޓްރީ ކުރަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ތަކެތީގެ ތެރޭގައި ބުއްފުޅި އާއި ބުއްފުޅީގެ ތުން ވެސް ހިމެނެ އެވެ.

އެމްއެފްޑީއޭ އިން ބުނީ ބުއްފުޅި އަދި ބުއްފުޅީގެ ތުން އެތެރެކުރާ ވިޔަފާރިތަކުން މި އަހަރުގެ ޖުލައިގެ ފަހުން އެ އިދާރާގައި ރެޖިސްޓްރީ ކުރަން އަންގާ ކަމަށެވެ.

 އުފެއްދުންތައް އެތެރެކުރާ ފަރާތްތަކުން 31 ޖުލައި 2024ގެ ފަހުން އެމްއެފްޑީއޭގައި ރަޖިސްޓަރީ ކުރުމަށް ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް