ނަޝީދު (ކ) ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ ވަޒީފާ އަދާކުރެއްވުމަށް އަހަރުތަކަކަށް ގާނާއަށް ދިރިއުޅުން ބަދަލުކުރެއްވިކަން ހާމަކުރައްވައި އެކްސްގައި އާއްމުކުރެއްވި ފޮޓޯއެއް
ނަޝީދު ގާނާއަށް ދިރިއުޅުން ބަދަލުކުރައްވައިފި
ސިޔާސީ ދާއިރާއާ ފެއަށް ޖެހިވަޑައިގެންނެވިކަން އިއުލާންކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ދިރިއުޅުއްވުން ވަގުތީގޮތުން ގާނާއަށް ބަދަލުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ނަޝީދު މިއަދު ވަނީ ގާނާގެ ސިޓީއެއް ކަމަށްވާ އަކްރާއަށް ބަދަލުވެވަޑައިގެންނެވިކަން ސޯޝަލް މީޑިއާގައި ހާމަކުރައްވައިފަ އެވެ.
ތަފްސީލް - އެމަނިކުފާނު އެކްސްގައި ލިޔުއްވާފައިވާ ގޮތުގައި:
-
އަކްރާއަށް ދިރިއުޅުން ބަދަލުކުރެއްވީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ ވަޒީފާ އަދާކުރައްވަން
-
އެއީ ސީވީއެފްގެ ސެކްރެޓޭރިއަޓް ހުންނަނީ ގާނާގައި ކަމަށްވާތީ
-
އެމަނިކުފާނު އަހަރުތަކަކަށް ދިރިއުޅުއްވާނީ އެތަނުގައި
I have arrived in Accra, Ghana 🇬🇭 to start work as @TheCVF’s first Secretary-General. Ghana is hosting the Secretariat and this will be my home for a few years. We hope to unlock the investments needed so @TheCVF members can pursue clean growth & climate prosperity. pic.twitter.com/fzaUOxcxCx
— Mohamed Nasheed (@MohamedNasheed) January 30, 2024
އެނގުން މުހިންމު - ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ، މައްޗަންގޮޅީ މެދު ދާއިރާގެ މެމްބަރު ނަޝީދު މިވަގުތަށް ސިޔާސީ ދާއިރާއާ ދުރަށް ޖެހިވަޑައިގެންނެވިކަން އިއުލާން ކުރެއްވީ މިދިޔަ މަހުގެ ތެރޭގަ އެވެ.
އޭގެ ސަބަބެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވަނީ ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވުމެވެ. އަދި މި މަހުން ފެށިގެން އެ ވަޒީފާ އަދާކުރައްވަން ފައްޓަވާނެ ކަމަށް އޭރު ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް (3)
މެކޭ
ޢަލީބެ
ގާދިރު