ފުވައްމުލަކު ބަނދަރުގައި ނަޒީލް މިއަދު ގެނބިގެން މަރުވި ސަރަހައްދު (ދައުރު ފޮޓޯ)

ފުވައްމުލައް

ފުވައްމުލަކުގައި މޫދަށް ދިޔަ މީހަކު ގެނބިގެން މަރުވެއްޖެ

މަރުވެފައި ވަނީ މިއަދު ހެނދުނު ރައްޓެހިންތަކަކާ އެކު ފުވައްމުލަކު ބަނދަރަށް މޫދަށް އެރި އުޅުނު 26 އަހަރުގެ ޒުވާނެއް

ފުވައްމުލަކު ބަނދަރު ސަރައްހަށް މޫދަށް އެރިއުޅުނު ޒުވާނަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން ބުނި ގޮތުގައި މިއަދު ހެނދުނު 7:30 އެހާއިރު ފުވައްމުލަކުގައި މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވެފައި ވަނީ 26 އަހަރުގެ ދިވެއްސެއް ކަމަށެވެ. ފުވައްމުލަކު ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ. 

އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. ބުނީ މައްސަލައިގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. 

ތަފްސީލް - ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މަރުވެފައި ވަނީ: 

  • ނަޒީލް އިބްރާހިމް، އަޒުމް، ފުނާޑު

  • އޭނާ ގެނބުނީ ފުވައްމުލަކު ބަނދަރު ސަރަހައްދަށް

  • ނަޒީލް މޫދަށް ދިޔައީ ރައްޓެހިންތަކަކާ އެކު 

އިތުރު އާޓިކަލް

އިތުރު އާޓިކަލް